ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަށިވިއްކުން އާއްމުވި އިރު ފިޔަވަޅެއް ނޭޅޭ ސަބަބާއި މެދު ކުރި ސުވާލަށް މިނިސްޓަރުގެ ޖަވާބެއް ނެތް!

އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ވިޔަފާރިއެއްގެ ގޮތުގައި ހަށި ވިއްކުން އާއްމުވެ، އެ ހިދުމަތް ދޭކަމަށް ބުނެ އިސްތިހާރުތައް ޖަހަމުން ދާއިރު ވެސް މިނިސްޓްރީއަށް އެއްވެސް ފިޔަވަޅެއް ނޭޅި ވަނީ ކީއްވެގެން ތޯ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް އަމާޒު ކުރި ސުވާލަށް ހަނު ހުންނަވައިފި އެވެ.

އާއްމު އިޖްތިމާއީ މިންގަނޑާއި ހިލާފު، އަދި އަހުލާގީ ގޮތުން ދަށް ފެންވަރުގެ ކަންކަން އާއްމު ވަމުންދާއިރު ވެސް އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީ އޮތީ ހަނުކަމަށް ބުނެ ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް މިފަހުން މާލޭގައި ހަށިކިއްކުން އާއްމުވެ، އެފަދަ އަމަލުތަކަށް ހާއްސަކޮށް ވިޔަފާރިތައް އުފައްދަމުން ދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، އިސްލާމިކް މިނިސްޓަރު ހާޒިރު ކުރުމުން މި މައްސަލަ ފާހަގަ ކުރެއްވީ ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމެވެ.

ހަށިވިއްކާ ތަންތަން ފުޅާދާއިރާއެއްގައި އޮޕަރޭޓު ކުރަމުންދާއިރު އެކަން ނުހުއްޓުވޭ ސަބަބަކީ ކޮބައިތޯ ޝިޔާމް ސުވާލާއި އެކު އިތުރު އެހެން ދާއިރާއެއްގެ ސުވާލުތައް ވެސް ކުރެއްވި އެވެ. ނަމަވެސް އެހެން ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފަހު، ހަށިވިއްކުމުގެ މައްސަލައިގައި އަޅުއްވާ ފިޔަވަޅުތައް ސާފުކޮށް ދޭން އެދި ކުރެއްވި ސުވާލަށް މިނިސްޓަރު އެއްވެސް ޖަވާބެއް ނުދެއްވި އެވެ.

”ދެވަނަ ސުވާލަކީ ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖޭގައި އެބަ، އޮޕަރޭޓު ކުރަމުން ދޭ… މިނިސްޓަރުގެ ނުވަތަ މިނިސްޓްރީގެ ދައުރެއް އޮތީ ބާއޭ.. އެކަންކަން ނުހުއްޓި މިދަނީ..“ ޝިޔާމް

ތިން ސުވާލުގެ ތެރެއިން ދެ ސުވާލަށް ޖަވާބު ދެއްވައި، ހަށިވިއްކުމުގެ މައްސަލައިގައި ކުރެއްވި ސުވާލަށް މިނިސްޓަރު ޖަވާބެއް ނުދެއްވުމުން ނިޒާމީ ނުކުތާއެއް ނަންގަވައި ޝިޔާމް ވިދާޅުވީ އޭނާ ދެވަނައަށް ކުރީ އެންމެ މުހިންމު ސުވާލު ކަމަށެވެ.

”ދެވަނަ ސުވާލަކީ އެންމެ މުހިންމު ސުވާލު.. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކާ ތަންތަން އޮޕަރޭޓުވާ ވާހަކައާއި.. މިނިސްޓަރުގެ ނުވަތަ މިނިސްޓަރުގެ ދައުރެއް އެކަމުގައި އޮތީ ތޯ… އެކަންތައް ނުހުއްޓިގެން މި އުޅެނީ.. މި ސުވާލަށް ޖަވާބު ދެއްވިއްޔާ ވަރަށް ރަނގަޅު“ ޝިޔާމް

ދެވަނަ ފަހަރަށް ސުވާލު ތަކުރާރު ކުރުމުން ވެސް މިނިސްޓަރު އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.

ރާއްޖޭގައި ތަފާތު އެކި ނަންނަމުގައި ހުޅުވާފައި ހުންނަ ތަންތަނުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާކަމުގެ އަޑުތައް ފަހަކަށް އައިސް ވަނީ ގަދަވެފަ އެވެ. އަދި ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑު ގޮތަކަށް އެ އިޝްތިހާރު ކުރާއިރު އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މައްސަލައިގައި ފުލުހުންނާއި ސުވާލު ކުރުމުން، ވެސް އެދެވޭ ޖަވާބެއް ނުލިބެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 8%ހައިރާންވެއްޖެ 85%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: