ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުގެ ބާރު ކަނޑުވާލަން ފުރުސަތު ނެތް، ވެރިން ކުރާ އެފަދަ އަމުރަކަށް އަމަލު ކުރަން ނުޖެހޭނެ: ގާސިމް

މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުތަކާއި، ގަވައިދާއި ހިލާފަށް އެއްވެސް ވެރިއަކު ކުރާ އަމުރަކަށް ތަބައަވާން ނުޖެހޭނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހެންވޭރު ހުޅަނގު ދާއިރާގެ ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ތާއީދު ކުރައްވައި ގާސިމް ވިދާޅުވީ ގާނޫނު އަސާސީ އާއި ހިލާފަށް އެއްވެސް ގަވައިދެއް ހަދައި އެއަށް އަމަލު ނުކުރެވޭނެ ކަމަށެވެ. އަދި ގާނޫނާއި އެއްގޮތް ވާގޮތުގެ މަތީން ނޫންގޮތަކަށް ވެރިން ކުރާ އަމުރުތަކަށް ވެސް ތަބައަވާން ނުޖެހޭނެކަމަށް ގާސިމް ވިދާޅުވި އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީން ބަލައި ފާސްކުރުމަށް ފަހު، އެ މީހުންގެ އަތުން ޝައްކު ކުރެވޭ އެއްޗެއް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް އެ މީހަކާއި އެއްވެސް ސުވާލެއް ކުރުމުމެއް ނެތި އަދި ތަހުގީގަކާއި ނުލައި އަނބުރާ ފޮނުވާލާ މައްސަލަ ހަސަން ލަތީފް ހުށަހެޅުއްވުމުން ބައެއް މެމްބަރުން އެއަށް ތާއީދުކުރެއްވި އެވެ. ދާދިފަހުން ރާއްޖެއަށް މަސްތުވާތަކެތި ގެނައި ބިދޭސީއަކު އަނބުރާ ފުރުވާލި މައްސަލަ ގޯސްވެ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔާފަ އެވެ.

މައްސަލައިގައި ގާސިމް ވިދާޅުވީ، ބައެއްގެ އަމިއްލަ މަސްހަލަތާއި ފައިދާއަށް އުފައްދާފައި ހުންނަ ގަވައިދުތައްކަން ސާފުވާ ކަމަށެވެ. އެހެންކަމުން، މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަން ގާސިމް ގޮވާލި އެވެ.

”އެހެންވީމާ މި މައްސަލައިގެ ބޮޑުކަން އެބަ އިނގޭ ވަރަށް ސާފުކޮށް… ކޮންމެވެސް ދިމާލަކުން ކޮންމެވެސް ބަޔަކު މިއުޅެނީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަންކަން… ނުވަތަ ގާނޫނުތަކުގެ ވެސް ބާރު ކަނޑުވާލައިގެންކަން..“ ގާސިމް

ގާސިމް ވިދާޅުވީ ވެރިކަން ހިންގޭނީ ގާނޫނުގެ ތެރެއިން ކަމަށެވެ. އަދި ގާނޫނު އަސާސީ އާއި ހިލާފަށް ހަދާ ގަވައިދުތަކަކީ އެއީ ބާތިލު އެއްޗެއްކަން ފާހަގަކޮށް ގާސިމް ވިދާޅުވީ އެހެންކަމުން ދެން މި މައްސަލައިގައި އަޅަން އޮތް ފިޔަވަޅު ސާފު ކަމަށެވެ.

2023 ގެ ރިޔާސީ އިންތިހާބު ގާތްވެފައިވާއިރު، މިވަގުތު އެންމެ ބޮޑު ސުވާލެއް އުފެދިފައި އޮތީ ގާސިމް ފިޔަވަޅު އަޅުއްވާނެ ގޮތަކާއި މެދު އެވެ. ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަމަށް ބެލެވޭ ގާސިމް، ސަރުކާރާއި ދެކޮޅަށް ދޭތެރެއަކުން ވާހަކަ ދައްކަވަ އެވެ. އަދި ބައެއް ކަންކަމުގައި ސަރުކާރު ދިފާއު ވެސް ކުރައްވަ އެވެ.

އިންތިހާބަށް އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ގޯސްވެ، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގާސިމްގެ ތާއީދު ސަރުކާރަށް ނުލިބޭނެކަމަށް ވިދާޅުވެފަ އެވެ. އަދި އިދިކޮޅުން ވެސް ވަނީ، ގާސިމާއި އެކު ކޯލިޝަނެއް ހަދަން ޖެހިއްޖެ ހާލަތެއްގައި ތައްޔާރަށް ތިބިކަމުގެ އިޝާރާތެއްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: