ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންގެ މައްޗަށް ކުރި ހުކުމަށްވުރެ ހަލާލު ހުކުމެއް ރާއްޖޭގެ ތާރީހުގައިވެސް ނުކުރޭ: ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް: ފޮޓޯ/ ރައީސްގެ ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރެވިފައިވާ ހުކުމަށްވުރެ ”ހަލާލު“ ހުކުމެއް ދިވެހިރާއްޖޭގެ ތާރީހުގައި ކޮށްފައިނުވާކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމުުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރޮޒައިނާވަނީ އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކަށް އަލި އަޅުއްވައި ފާޑުވިދާޅުވެފައެވެ. އެނާ ވިދާޅުވީ، މިހާރު އެންމެ ބާރަށް އަޑު އިވެމުންދަނީ ރައީސް ޔާމީންގެ މައްޗަށް ކުރެވިފައިވާ ”ހަރާމް“ ހުކުމެއްގެ ވާހަކަ ކަމަށެވެ. އެނާ ވިދާޅުވީ، ޖަލަށް ލާން ޖެހެނީ ނިކަމެތި މީހާ ރިހާކުރު ފުޅިއެއް ވަގަށް ނެގުމުން އެކަނި ނޫންކަމަށެވެ. އަދި ގައުމުގެ ވެރިޔާގެ ގޮތުގައި ހުންނެވި ބޭފުޅަކު ވައްކަން ކުރުމުން އެންމެ ފުރަތަމަ ޖަލަށް ލާން ޖެހެނީ އެ މީހެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، ”ކުދި ވަގުން“ ތަށް ހޯދާނީ ވެރިއެއްގެ މަގާމުގައި ހުރެ ވައްކަން ކުރި މީހާ ޖަލަށް ލުމަށް ފަހުކަމަށެވެ. އެނާ ހަރާމް ހުކުމެއް ކަމަށް ގޮވަމުންދަނީ ރައީސް ޔާމީންގެ އެކައުންޓުގައި 100 މިލިއަން ރުފިޔާ ހުއްޓާ، ކޯޓަކުން ވައްކަން ސާބިތުވެގެންކަމަށެވެ. އެނާ ވިދާޅުވީ، އެ ވާހަކަތައް އިވިގެންދަނީ ޖޯކެއްގެ ގޮތުގައިކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކުރެވިފައިވަނީ މިހާތަނަށް ކުރި އެންމެ ހަލާލު ހުކުމްކަމަށްވެސް ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި އޮތް ކަމާއިމެދު ޕީޕީއެމްއިން ހާސްވެގެން މިއަދު ނޫޅޭ ކަމަށެވެ. އަދި މީގެ ކުރިންވެސް ”މާ ހާސްވެގެން“ އުޅޭ މަންޒަރު ނުފެންނަކަމަށާއި މިހާރު ކުރަމުންދާ މަސައްކަތަކީ 2023 ގެ ރިޔާސީ އިންތިހާބަށް ޕާޓީގެ ރޫހު އާލާ ކުރުމުގެ މަސައްކަތްކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: