ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުތަކާއި ދެމެދު ގުޅުން ބަދަހިވުމުގައި ސަފީރުން އަދާކުރާ ދައުރު ބޮޑު: ރައީސް

އަށް ގައުމަކުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުން ސަފީރު ކަމުގެ ފަތްކޮޅު ހަވާލު ކުރުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަށް ގައުމަކުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުން ސަފީރު ކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުއްވައިފިއެވެ.

ރަައީސް އޮފީހުގައި އޮތް ރަސްމިއްޔާތުގައި ސަފީރުކަމުގެ ފަތްކޮޅު އަރުވާފައި ވަނީ މޮންގޯލިއާ، ފްރާންސް، ރަޝިއާ، ސަރބިއާ، ސްލޮވީނިއާ، ނެމީބިއާ، ކެނެޑާ އަދި ދި ހެލެނިކް ރިޕަބްލިކް ސަރުކާރުން، ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުންނަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވި 8 ގައުމުގެ ސަފީރުންނަކީ، މޮންގޯލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ގަންބޯލްޑް ޑަމްބަވް، ފްރާންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތް، ރަޝިޔަން ފެޑެރޭޝަނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ލިވަން އެސް ޖަގަރްޔަން، ސާރބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ސިނިސާ ޕަވިޗް، ހެލެނިކް ރިޕަބްލިކް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ދިމިޓްރިއޮސް އިޔޮއަންނޫ، ރިޕަބްލިކް އޮފް ސްލޮވޭނިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މަތާޔާ ވޮޑެބްއ ގޯޝް، ރިޕަބްލިކް އޮފް ނެމީބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ގެބްރިއެލް ޕީ. ސިނިމްބޯ، އަދި ކެނެޑާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އެރިކް ވޯލްޝް އެވެ.

މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާ އެހެން ގައުމުތަކުގެ ގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގައި ސަފީރުން އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. އަދި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން ރައްޔިތުންގެ ތަރައްގީގެ އުންމީދުތައް ހަގީގަތަކަށް ހަދައިދެވިފައި ވާކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެ ކާމިޔާބީ ހާސިލުކޮށް ބައިނަލްއަގުވާމީ އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގައި، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާކޮށްފައި ވަނީ، އިންސާނީ ހައްގުތައް ކުރިއަރުވައި، ހިމާޔަތް ކުރުމާއި، ޑިމޮކްރަސީ ހަރުދަނާކުރުމާއި، އަދި މޫސުމާގުޅޭ ސިޔާސަތުތައް ކުރިއެރުވުމުގެ ސިޔާސަތުގެ މައްޗަށެެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ގެންނަމުންދާ ބަދަލުތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ދަތުރުފަތުރު ކުރުމުގައި ލުއިފަސޭވުމަކީ، ސަގާފީ ގުޅުންތަކާއި، އިގްތިސާދީ ގުޅުން ބަދަހި ކުރުމަށް ހިއްވަރު ލިބި، ސުލްހަމަސަލަސްކަމާއި، ތަނަވަސްކަމާއި، ކުރިއެރުވުމަށް ވާސިލްވެވޭނެ ފާލަމެއްކަމުގަ އެވެ. އަދި ރާއްޖެއިން އެހެން ގައުމުތަކަށް އޮން އެރައިވަލް ވިސާ ދެމުން އަންނަ ކަމަށާއި އެ ގައުމުތަކުން ވެސް ދިވެހިންނަށް ދަތުރުފަތުރުކުރުމުގައި ލުއި ގޮތްތައް ހަމަޖައްސައިދެއްވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖެއާއި ގާއުމުތަކުގެ މެދުގައި އޮތް ގުޅުން، އާ ސަފީރުންގެ ދައުރުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: