ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށިން ބޭރުގެ ކުންފުނިތަކަށް ބިން ދޫކުރާނީ، ސަރުކާރުގެ އެފްޑީއައި ހުއްދަ އޮވެގެން: އެޗްޑީސީ

ތިލަފުށި
ޝެއާރކޮށްލާ ކަހަލަދޯ؟

ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ކ. ތިލަފުށިން ބޭރުގެ ވިޔަފާރިތަކަށް މި ބީލަމުގައި ބައިވެރިވެވޭނީ އެ ވިޔަފާރިތަކަކީ ސަރުކާރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓު ޕޮލިސީގެ ދަށުންކަމަށް އެޗްޑީސީން ބުނެފި އެވެ.

ރާއްޖޭގެ ސިނާއި މަސައްކަތްތަކަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށާއި ގްރޭޓާރ މާލެ ރީޖަންގެ އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ތިލަފުށި ދޭއް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރާއި ގުޅިގެން ކުރަމުން ގެންދާކަން ފާހަގަކޮށް އެޗްޑީސީން އާއްމު ކުރި ބަޔާނުގައި ބުނެފައި ވަނީ ޖުމްލަ 150 ހެކްޓަރުގެ ބިން ތިލަފުށިން ހިއްކުމަށް ނިންމައި އަދި ބިމުގެ ތެރެއިން 4.3 ހެކްޓަރު ވަކި 50 ޕްލޮޓެއްގެ ގޮތުގައި ބީލަމުގެ އުސޫލުން ދޫކުރުމަށް ނިންމާފައިވާކަމަށެވެ.

މި މަހުގެ ހަތް ވަނަ ދުވަހު ހުޅުވާލި އެ ފުރުސަތާއި ގުޅޭގޮތުން އެޗްޑީސީން ބުނީ ބިންތައް ދޫކުރުމުގައި ދިވެހި ރައްޔިތުންނާއި 100 އިންސައްތަ ހިއްސާވާ ކުންފުނިތަކަށް ބިން ގަތުމުގެ ފުރުސަތު ހުޅުވާލެފައިވާކަމަށެވެ. އަދި ބޭރުގެ ވިޔަފާރިތަކަށް މި ބީލަމުގައި ބައިވެރިވެވޭނީ އެ ވިޔަފާރިތަކަކީ ސަރުކާރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓު ޕޮލިސީގެ ދަށުން އެ ފަރާތުން ކުރަން ގަސްދު ކުރާ ވިޔަފާރިއަށް ހުއްދަ އޮތް އަދި ރާއްޖޭގައި ރެޖިސްޓްރީކޮށްފައިވާ އެފަދަ ކުންފުނިތަކަށްކަމުގައި ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ ބިން ކުއްޔަށް ނެގުމަށް ހުށަހަޅާ، ބޭރުގެ ކުންފުނިތަކުން ބިން ބޭނުން ކުރުމަށް ހުށަހަޅާފައިވާ އިންޑަސްޓްރިއަލް ބޭނުންތަކަކީ އެ ފަރާތަކަށް އެފްޑީއައި ޕޮލިސީގެ ދަށުން ހުއްދަ ދެވިފައިވާ ވިޔަފާރި ބޭނުންތަކެއް އިކޮނޮމިކް މިނިސްޓްރީ އާއި އެކު ކުރެވޭ މަސައްކަތުގެ ދަށުން ވެރިފައި ކުރެވޭނެ ކަމަށެވެ.

މީގެއިތުރުން ތިލަފުށިން ވިން ދޫކުރުމަށް އެޗްޑީސީން ކުރަމުން ގެންދާ މަސައްކަތަކީ ރާއްޖޭގެ ސިނާއީ މަސައްކަތްތައް ކުރުމަށް ހުރި ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުންނާއި މިފަދަ ފުރުސަތުގެ ތެރެއިން އިގްތިސާދީ އާ މަސައްކަތްތަކަށް ޖާގަ ހޯދައިދޭން ކުރިޔަށް ގެންދާ މަސައްކަތެއްކަމަށް އެޗްޑީސީން ބުންޏެވެ.

އިގްތިސާދީ ގޮތުން ހުޅުވޭ މިފަދަ ފުރުސަތުތަކަކީ އިތުރު ވަޒީފާތައް އުފެދުމުގެ އިތުރުން، މިފަދަ ވިޔަފާރިތަކުން ރައްޔިތުންނަށް ފޯރުކޮށްދެވޭ އެކިއެކި ހިދުމަތްތައް ވެސް އަންނާނެ ރަނގަޅު ބަދަލެއްކަން އެޗްޑީސީން ފާހަގަކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: