ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަނގުރޫޓު ވެފައިވާކަމަށް އިއުލާނުކުރަން ކުރާ މަސައްކަތުން އެނގެނީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމުގައި ހުޅުޖަހާނެކަން: ޝަރީފް

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް/ ފޮޓޯ: ރައީސް ސޯލިހު ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ ނަމުގައި ކުރަން އުޅޭ މަސައްކަތަކީ ސަރުކާރަށް ދިވެހި ރާއްޖެ ބަނގުރޫޓު ވެފައިވާކަން އިއުލާނު ކުރަން މަޖުބޫރު ކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ދައުލަތުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ގޮވާލާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށައެޅުއްވި ގަރާރަށް އިންކާރު ކުރައްވާކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އެއީ ދިވެހިރާއްޖެ ބަނގުރޫޓުކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއްކަމަށެވެ.

އޭނާ ވިދާޅުވީ، ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ގޮވާލުމުގެ މަގުސަދަކީ ރާއްޖެ ބަނގުރޫޓުވެފައިވާކަމަށް އިއުލާނު ކުރުމަށް ސަރުކާރަށް މަޖުބޫރު ކުރުންކަމަށެވެ. އަދި މިހާރު އެ މަސައްކަތްތައް އަލުން ފަށާފައިވާކަމަަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުން ބަނޑަށް ނުޖެހި ގައުމުގެ އިގްތިސާދު އިޔާދަވާން ފަށާފައިވުމަކީ ކޮވިޑްގެ ދަތިކަމުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ. އަދި އެއް މަހުގެ ތެރޭގައި ދައުލަތަށް ލިބުނު އެންމެ ގިނަ ފައިސާ މިދިޔަ ޖަނަވަރީ މަހު ލިބިފައިވުމަކީ އެކަށީގެން މަސައްކަތްތަކެއް ކޮށްފައިވާކަމުގެ ހެއްކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، އީވާ ވަރަށް ގިނަ އިތުރުފުޅުތަކެއް ހައްދަވާފައިވާކަމަށެވެ. އޭނާ ވިދާޅުވީ ތަކެތި އިންތިހާއަށް އަގުބޮޑުވި ވާހަކަތައް ދެއްކެވި އިރު މުޅި ދުނިޔޭގެ އިންފްލޭޝަން 2022 ވަނަ އަހަރު 11 އިންސައްތައަށްވުރެ މަތީގައި ހުރިއިރު ދިވެހިރާއްޖޭގައި ހުރީ 3.5 އިންސައްތައިގައި ކަމަށެވެ. އޭނާ ވިދާޅުވީ، އެ އަދަދުގައި އިންފްލޭޝަން ހިފެހެއްޓިފައި ހުރުމަކީ ދުނިޔޭގެ ނިސްބަތުން ބަލާ ނަމަވެސް އާދަޔާހިލާފު ކާމިޔާބީއެއްކަމަށެވެ.

އޭނާ ވިދާޅުވީ، ދިވެހިރާއްޖެ ބަނގުރޫޓު ނުވާކަމަށެވެ. އަދި ސްރީލަންކާއަށްވެސް ވެގެންދިޔަ ކަންކަން ވެ، ގައުމު ބަނގުރޫޓުވެފައިވާކަމަށް އިއުލާނު ކުރުމަށް އިދިިކޮޅު ފަރާތްތަކާއި ގުޅިގެން އެމްޑީޕީގެ އިދިކޮޅު މެމްބަރުންވެސް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ އަމަލާއިމެދު ހިތާމަ ކުރައްވާކަމަށެވެ.

ޝަރީފް ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވެފައިވާކަމަށް އިއުލާނު ކުރުމަށް ޖާގައެއް ނުދެއްވާނެކަަމަށެވެ. އަދި ބަނގުރޫޓުވެފައިވާ ގައުމުތައް ދިޔަ މަގުން ދާންވެސް ޖާގަ ނުދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަކީ އެންމެ ފުރަތަމައަށް ކޮވިޑްގެ ވަބާއިން މިންޖުވި ގައުމުކަމަށެވެ. އަދި ސަރަހައްދީ ގޮތުންވެސް އިގްތިސާދު އެންމެ ހަލުވި ރޭޓެއްގައި ކުރިއަރަމުން އަންނަނީ ރާއްޖޭގައިކަމަށާއި އެހެންކަމުން ރައްޔިތުންނަށް މުސްތަގުބަލުގައި އުފާ ފާގަތިކަން އޮތްކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ލަންކާއަށް ވެފައިވާ ގޮތަށް ރާއްޖެ ބަނގުރޫޓުވެފައިވާކަމަށް އިއުލާނުކުރުމަށް ކުރާ މަސައްކަތަކީ އެއްވެސް ގޮތެއްގައި ރައްޔިތުންގެ ހައްގުތަކާއިމެދު ފިކުރު ކުރާ ބައެއް ކުރާނެ ކަމެއް ނޫންކަމަށެވެ. މިކަމުން އެނގިގެންދަނީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމުގައި ”ހުޅު ރޯކޮށްލާނެ“ ކަން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: