ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޓީޓީއެޗް ކްލިނިކް މާލޭގައި ހުޅުވައިފި

ޓްރީޓޮޕް ހޮސްޕިޓަލްގެ ފަރާތުން މާލޭގައި ޓީޓީއެޗް ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތުގައި ޓްރީޓޮޕްގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ނަޒީރު ވާހަކަފުޅުދެއްކެވުން / ފޮޓޯ: ޓްރީޓޮޕް ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރީ ޓޮޕް ހޮސްޕިޓަލުން ޓީޓީއެޗް ކްލިނިކް ( TTH Clinic  ) މާލެ ސިޓީގައި ހުޅުވައިފިއެވެ.

ޓީޓީއެޗް ކްލިނިކް ހާއްސަ ކުރެވިފައިވަނީ ރިހެބިލިޓޭޝަން އަދި ލެބޯރަޓޯރީ ހިދުމަތްތައް ގާތުން ފަސޭހައިން ފޯރުކޮށް ދިނުމަށެވެ.

މާލޭގައި ޓީޓީއެޗް ކްލިނިކް ހުޅުވާއިފައިވަނީ މއ.ޗަންޕާ ވިލާގައެވެ.

ޓީޓީއެޗް ކްލިނިކް އަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ހިދުމަތް ހޯއްދަވާ ފަރާއްތަކަށް ހިދުމަތް ލިބޭ މިންވަރު އަދި ކެޕޭސިޓީ އިތުރުކޮށް ގާތުން ހިދުމަތް ދިނުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހުޅުވާފައިވާ ކްލިނިކް އެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ގިނަ މެހެމާނުންގެ ފަރާތުން ވަނީ ހޮސްޕިޓަލުގެ ރިހެބިލިޓޭޓިވް އަދި ލެބޯޓްރީގެ ހިދުމަތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

ޓީ.ޓީ.އެޗް ކްލިނިކުން ލިބިވާޑައިގަންނަވާ ހިދުމަތްތަކުގެ ތެރޭގައި ވަނީ،

  1. ފިޒިއޮތެރަޕީ
  2. ޕީޑިއެޓްރިކް ފިޒިއޮތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ސްޕީޗް ތެރަޕީ
  3. ރިހެބް ޖިމް
  4. ފްލެބޮޓޮމީ ނުވަތަ ލެބޯޓްރީ ސާމްޕަލް ނެގުމަށް ހާއްސަ ހިދުމަތް

ޓީޓީއެޗް ކްލިނިކުން ފޯރުކޮށްދޭ ހުރިހާ ފަރުވާއަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސިއްހީ މާހިރުންގެ ބެލުމުގެ ދަށުން ހޮސްޕިޓަލާ އެއްފެންވަރެއްގައި ދެވޭ ފަރުވާއެވެ.

ޓީޓީއެޗްގެ ސްޕެޝަލައިޒްޑް ހެލްތްކެއާ ޓީމަކީ ފިޒިކަލް ސްޓްރެންތް، ކޮގްނިޝަން އަދި މޯބިލިޓީ ރަނގަޅުކޮށް، ދެމެހެއްޓުމާއި، އަލުން އިއާދަކުރުމަށް ހާއްސަކޮށްފައިވާ ޓީމެކެވެ.

ޓީޓީއެޗް ކްލިނިކް ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 22:00 އަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3351610 އަށް ގުޅުއްވުން ނުވަތަ care@treetophospital.com އަށް އީމެއިލް ކުރެއްވައިގެން ކުރިއަށް ދިއުމަށް އެ ކްލިނިކުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: