ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެންސަރަށް ހާއްސަ ކްލިނިކެއް ޓްރީޓޮޕްގައި ގާއިމް ކޮށްފި

ޓްރީޓޮޕް ހޮސްޕިޓަލް:ފޮޓޯ /އެކްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކެންސަރަށް ހާއްސަ ކްލިނިކެއް ޓްރީޓޮޕް ހޮސްޕިޓަލުގައި ގާއިމް ކޮށްފިއެވެ.

އިއްޔެ އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގައި ގާއިމު ކުރެވުނު ކެންސަރު ކުލިނިކުން ކެންސަރު ބަލި ދެނެގަތުމަށް ކެންސަރަށް ސްކްރީން ކުރެވޭނެ ކަމަށެވެ.

އަދި ސްކްރީން ކޮށްގެން ރިސްކް ފެކްޓާތައް ކަށަވަރުކޮށް، ބަލިން ރައްކާތެރިވުމަށް ނުވަތަ ފަރުވާ ދިނުމަށް ރަނގަޅު ފިޔަވަޅުތަކެއް އެޅޭނެކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން އެ ހޮސްޕިޓަލުގެ ކެންސަރ ސްކްރީނިންގ ކްލިނިކުންދޭ ހިދުމަތްތަކުގެ ތެރޭގައި، ގެސްޓްރޯއެންޓްރޯލޮޖީ، ޕަލްމޮނޮލޮޖީ، ޑެންޓަލް، އިންޓަރނަލް މެޑިސިން، އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ، ޑާމަޓޮލޮޖީ އަދި އެންޑޯކްރައިނޮލޮޖީ ހިމެނޭ ކަމަށެވެ.

މިއީ ކެންސަރު ހުންނަ ބަލިމީހުންނަށް ކެންސަރުގެ ނުރައްކާތަކާއިމެދު ހުރި ކަންބޮޑުވުންތަކަށް ޔަޤީންކަން ލިބޭ ފަދަ އިތުބާރުހުރި އަދި ފުރިހަމަ ނަތީޖާއެއް ފޯރުކޮށްދެވޭނެ ހިދުމަތެއް ކަމަށެވެސް ބުނެފައި ވެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި. ކާ ބައެއްބާވަތަތަކުގެ ކާނާގެ ސަބަބުން ކެންސަރަަށް މަގުފަހި ކުރުވާ ކަމަށާއި، އެހެންކަމުން ކެންސަރުގެ އެއްވެސް އަލާމާތެެއް ފާހަގަވާނަމަ ކުލިނިކަށްދައްކާ ޔަގީން ކުރުމަށްވެސް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: