ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗްގެ ޑޮކްޓަރަކު ބޭއަދަބީކޮށް ޕޭޝަންޓެއްގެ އެހީތެރިންނާނާއި، ވާހަކަ ދެއްކި މައްސަލައެއް ބަލަނީ

އައިޖީއެމްއެޗް ލެބް ތެރެއިން - ފޮޓޯ: އައިޖީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗްގެ ޑޮކްޓަރަކު ބޭއަދަބީކޮށް ޕޭޝަންޓެއްގެ އެހީތެރިންނާނާއި، ވާހަކަ ދެއްކި މައްސަލައެއް ބަލަންފަށައިފިއެވެ.

‏އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގެ ޑޮކްޓަރަކު ޕޭޝަންޓެއްގެ އެހީތެރިންނާއި، އެކަށީގެންނުވާގޮތަށް މުހާތަބްކޮށްފައިވާ ކަމަށެވެ. އެގޮތުން ސޯޝަލްމީޑިޔާގައި އެވާހަކަތައް ދެކެވެމުންދާ ކަމަށާއި، މިހާރު އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވަމުން ގެންދަވާ ކަމަށެވެ.

އައިޖީއެމްއެޗްއިން މިފަދަ ބަޔާނެއްނެރެފައިވާއިރު، އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި އަދި ނަރުހުންނާއި ގުޅުންހުރި ތަފާތު ވާހަކަތައް އަބަދުވެސް ދެކެވެމުންދެއެވެ. އެގޮތުން ސިއްހީ ފަރުވާ ލިބިގަތުމަށް ދާ މީހުންނާއި ދޭތެރޭ އަމަލު ކުރަމުންދަނީ ސަރުކާރު ހޮސްޕިޓަލަކުން އަމަލު ކުރަން ނުޖެހޭ ގޮތަށް ކަމަށްބުނ،ެ ފާޑު ކިޔުންތަކުގެ އަޑު ސޯޝަލް މީޑިޔާގަޔާއި އެކި މަންސަތަކުގައި ތަކުރާރުވެއެެވެ. އެގޮތުން ހާއްސަކޮށް ބޮޑެތި ބަލިތައް ތަހައްމަލު ކުރާ މީހުންނާއި ދޭތެރޭ މިފަދަ ގޮތަށް އަމަލުކުރާ ކަމަށް އެޕޭޝަންޓުންނާއި، ޕޭޝަންޓުންގެ އެހީތެރިންގެ ފަރާތުން އަޑުތައްއިވެއެވެ.

ދާދިފަހުން ތެލެސީމިޔާބަލި ހުރި ކުއްޖެއް ގަދަޔަށް ހުންއައިސް ނޭވާލާން އުނދަގޫވެގެން ފަރުވާ ހޯދުމަށް އައިޖީއެމްއެޗަށް ދިޔުމުން އައިޖީއެމްއެޗްގައި އެޑްމިޓް ކުރި ކަމަށް އެކުއްޖާގެ މާމަވަނީ ބުނެފައެވެ. ނަމަވެސް އެ ހޮސްޕިޓަލުން އެ ކުއްޖާ އަށް ފަރުވާ ލަސްކުރަމުންދިޔަ ކަމަށާއި، އެޑްްމިޓްވެގެން އޮތް ދުވަސްތަކުގައި އެކުއްޖާ ތެޅުނީ މަރަށްތެޅޭ ރޯ މަހެއްހެން ކަމަށެވެ.

“އައިޖީއެމްއެޗު ޑޮކްޓަރު ބުނީ ކޮންމެ ތަނަކަށް ދިޔަޔަސް ރަނގަޅެއް ނުވާނެޔޯ. ކުއްޖާގެ އެއްވެސް އުއްމީދެއް ނެތް ކަމަށް ބުނީ. ހޮސްޕިޓަލުން ދޫކުރީ ވަރަށް މަސައްކަތުން. އެހާވަރަށް ކުއްޖާ އަށް ބަދަލު އައިއިރު ނުވެސް ބުނޭ ވެގެން އުޅޭގޮތެއް. އެތައް ދުވަހެއްގެ ފަހުން ބުނީ އުއްމީދު ކަޑާލާފައިވާ ކަމަށްވެސް. ‘ދޮޅު މަހެއް ވަންދެން ކުއްޖާ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ބާއްވާފައި އޮތީ. އައިސީޔޫގައި އޮންނަން ބިރުގަންނަވާހަކަބުނޭ. ފާހަނަޔަށް ގެންދަން ބުނީމަ ނަރުހުން ނުގެންދާ ކަމަށް ބުނޭ. ފަހުން ކުއްޖާގެ ފުރަމޭ ދުޅަވެ، ދެފައި، ދުޅަވާންފެށީ. އޯށޯވެގެންނޯވޭ. ހަމަ މަރަށް ތެޅުނީ” އެ ކުއްޖާގެ މާމަ ބުންޏެވެ.

ފަރުވާ ލަސްވަމުންދާތީ އެތަކެއް މަސައްކަތަކުން އޭޑީކޭ ހޮސްޕިޓަލަށްއަށް ކުއްޖާ ބަދަލު ކުރި ކަމަށާއި، އޭޑީކޭ އާއި ހަމަޔަށް ކުއްޖާ ގެނެވުނުއިރު، ފުއްޕާމޭގައި ފެންއުފެދި، ހިތުގެ އެއްފަޅި ދުޅަވެ، މީހާ އެއްކޮށް ދިޔައީ ދުޅަވަމުން ކަމަށެވެ.

އައިޖީއެމްއެޗްއަކީ ސަރުކާރުގެ މައި ހޮސްޕިޓަލަށްވާއިރު ފަރުވާ ހޯދުމަށާއި، ފަރުވާ ލިބިގަތުމަށް އެ ހޮސްޕިޓަލަށް ދެވޭއިރު ދިމާވާ މިފަދަ ކަންކަމުގެ ސަބަބުން ވަރަށްގިނަ ބަަޔަކު ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: