ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެޑިކަލް ޗެކަޕަށް ހާއްސަ ކްލިނިކެއް އައިޖީއެމްއެޗްގައި ގާއިމްކުރުމަށް ނިންމައިފި

ހިލޭ މެޑިކަލް ޗެކްއަޕް ފެށުމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން — ވަގުތު އިމޭޖެސް : އާދިން މޫސާ ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

މެޑިކަލް ޗެކަޕަށް ހާއްސަ ކްލިނިކެއް އައިޖީއެމްއެޗްގައި ހެދުމަށް ނިންމާފައިވާ ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުން އިފުތިތާހު ކުރުމަށް ރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހަލީމް ވިދާޅުވީ މުސްތަގުބަލުގައި މެޑިކަލް ޗެކަޕްގެ ހިދުމަތް އެހެން ކެޓަގަރީތަކަށް ފަށާއިރު ވަކި މެޑިކަލް ޗެކަޕް ކްލިނިކެއް ހެދުމަށް ޕްލޭން ކޮށްގެން، އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ހަލީމް ވިދާޅުވީ އެ ކްލިނިކް ހުޅުވިގެންދިޔުމާއެކު، މެޑިކަލް ޗެކަޕް ހައްދާ މީހުން ދާން ޖެހޭނީ އެތަނަށް ކަމަށެވެ. އޭރުން އެމީހުންނަށް އަވަސް ހިދުމަތެއް ލިބިގެންދާނެ ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.

އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހިލޭ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ހެދޭނެ ގޮތް ވަނީ މިއަދު ހަމަޖައްސާފައެވެ. އަދި 35 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންނަށާއި، 19 އަހަރުން ދަށުގެ ކުދިންނަށް އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެންނެވެ. 19 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް މި ހިދުމަތް ދޭން ފަށާނީ ޖުލައި އެއް ވަނަ ދުވަހުން ފެށިގެންނެވެ.

މާލެ ސަރަހައްދާއި އަތޮޅުތެރޭގެ ހެލްތް ސެންޓަރުތައް މެދުވެރިކޮށް މެޑިކަލް ޗެކްއަޕް ހެއްދޭނެ ކަމަށް ވެސް އާސަންދައިން ވަނީ ބުނެފައެވެ. ރަށްތަކުގައި ނަގާ ސާމްޕަލްތައް ޓެސްޓް ކުރެވޭނެ ގޮތް ނެތްނަމަ، އެ އަތޮޅެއްގެ ހޮސްޕިޓަލަށް ފޮނުވައިގެން ވެސް ސާމްޕަލްތަކުގެ ނަތީޖާ ލިބޭނެ އިންތިޒާމު ހެލްތް ސެންޓަރުތަކުން ހަމަޖެހިގެންދާނެ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: