ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗުން މެޑިކަލް ޗެކްއަޕް ހެދޭނީ ހަފުތާއަކު 40 މީހުންނަށް

އާސަންދައިގެން ދަށުން މެޑިކަލް ޗެކަޕް ފެށުން-- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗުން މެޑިކަލް ޗެކްއަޕް ހެދޭނީ ހަފުތާއަކު 40 މީހުންނަށް ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ހަފްތާއަކު ދެ ދުވަހު ޗެކްއަޕް ހެދޭއިރު، ޗެކްއަޕް ހަދާނީ ކޮންމެ ދުވަހަކަށް 20 މީހުންގެ ނިސްބަތުން ކަމަށެވެ.

އައިޖީއެމްއެޗުން ވިދާޅުވިގޮތުގައި އެ ހޮސްޕިޓަލުން މެޑިކަލް ޗެކްއަޕް ހެދުމަށް ނަން ނޯޓުކޮށްދެނީ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހާއި ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން މެންދުރުފަހު 15:00އާ ހަމައަށެވެ.

އެ ހޮސްޕިޓަލުން މެޑިކަލް ޗެކްއަޕް ހަދައިދެނީ ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަހުއެވެ. މެޑިކަލް ޗެކަޕަށް ހާއްސަ ކްލިނިކެއް އައިޖީއެމްއެޗްގައި ހެދުމަށް ނިންމާފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދުން އިފުތިތާހު ކުރުމަށް ރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ހަލީމް ވިދާޅުވީ މުސްތަގުބަލުގައި މެޑިކަލް ޗެކަޕްގެ ހިދުމަތް އެހެން ކެޓަގަރީތަކަށް ފަށާއިރު ވަކި މެޑިކަލް ޗެކަޕް ކްލިނިކެއް ހެދުމަށް ޕްލޭން ކޮށްގެން، އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ހަލީމް ވިދާޅުވީ އެ ކްލިނިކް ހުޅުވިގެންދިޔުމާއެކު، މެޑިކަލް ޗެކަޕް ހައްދާ މީހުން ދާން ޖެހޭނީ އެތަނަށް ކަމަށެވެ. އޭރުން އެމީހުންނަށް އަވަސް ހިދުމަތެއް ލިބިގެންދާނެ ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: