ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ޖުޒާމް ބަލި އެއްކޮށް ނައްތާލައިފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ރާއްޖެއަކީ ޖުޒާމްބަލި (ލެޕްރަސީ) ނެތް ގައުމެއްކަމަށް ކަނޑައަޅާ ފިލާ ހަވާލުކުތުން/މިނިސްޓަރު އަހުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އިން ޖުޒާމްބަލި އެއްކޮށް ނައްތާލައިފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ރާއްޖެއަކީ ޖުޒާމްބަލި (ލެޕްރަސީ) ނެތް ގައުމެއްކަމަށް ކަނޑައަޅާފައެވެ. އެގޮތުން އެ ޖައްމިއްޔާއިން މިކަން ފާހަގަކޮށް، ވަނީ ފިލައެއް ދެއްވާފައެވެ.

އެ ފިލާ ހަވާލު ކުރައްވާފައިވަނީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއާއެވެ.

ޖުޒާމް ބަލި ރާއްޖެއިން އެއްކޮށް ނައްތާލުމަށް “ޒީރޯ ލެޕްރަސީ” ނަމުގައި ފްރޭމް ވޯކެއް ތައާރަފްކޮށް މަސައްކަތް ފަށާފައިވަނީ މި ދިޔަ އޮގަސްޓް މަސްތެރޭގައެވެ. އޭރު ހެލްތު ޕްރޮތެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އޮކްޓޯބަރު މަހުގެ ނިޔަލަށް މި މަސައްކްތަ އެއްކޮށް ނިންމާ ލެވޭނެ ކަމަށެވެ.

“ޒީރޯ ލެޕްރަސީ” ނަމުގައި ތައާރަފް ކުރެވުނު ފްރޭމްވޯކަކީ 2019 ވަނަ އަހަރު ތައާރަފް ކުރެވުނު ފްރޭމް ވޯކެއް ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެ ފްރޭމްވޯކާއެކު، ޖުޒާމް ބަލީގެ ސްކްރީން  ބޭއްވުމާއި، ރާއްޖެއިން ކަނޑައަޅާ ފަރާތްތަކުން ކަމާއި ގުޅޭ އިންޓާނަލް ވެރިފިކޭޝަން އެސިސްމެންޓް ކުރިއަށް ގެންގޮސްފައިވެއެވެ. އެންމެ ފުރަތަމަ ޖުޒާމުބަލި ‘ޒީރޯ ލެޕްރަސީ’ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމުގެ މަސައްކަތް ހެލްތު މިނިސްޓްރީ އިން ފަށާފައިވަނީ 2019 ވަނަ އަަހަރުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: