ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޭއަޅަން ބޭނުންވާ ސާމާނު 112 ހެލްތު ސެންޓަކަށް ހަދިޔާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ލޭ އަޅަން ބޭނުންވާ ސާމާނު 112 ހެލްތު ސެންޓަރަކަށް ހެލްތު މިނިސްޓްރީން ހަދިޔާކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ ބްލަޑް ރެފްރިޖްރޭޓަރާއި، ބްލަޑް ކަލެކްޝަން މޮނިޓަރާއި ޝޭކާ އަދި ޕްލެސެންޓާ އެކްސްޓްރެކްޓަރ އާއި ވޭން މެޝިން ފަދަ ލޭއަޅަން ބޭނުންވާ ސާމާނު ހެލްތު ސެންޓަރުތަކަށް ހަދިޔާ ކޮށްފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނިގޮތުގައި ތަކެތި ހަދިޔާ ކުރުމުގައި އިސްކަންދީފައިވަނީ ހާލަތު ބެލުމަށްފަހު އެތަކެތި އެންމެ ބޭނުންވާ ތަންތަނަށް ކަމަށެވެ.

ހެލްތު މިނިސްޓްރީން ހަދިޔާ ކުރި ލޭއަޅާ ސާމާނުގެ ސަބަބުން އެތަކެތި ހަދިޔާ ކުރެވުނު ހެލްތު ސެންޓަރު ނުވަތަ ސިއްހީ މަރުކަޒުތައް ގާއިމް ކުރެވިފައިވާ ރަށްރަށުގެ އިތުރުން ކައިރީގައިވާ އެހެން ރަށްތަކަށްވެސް އެކަމުގެ ލުއި ފަސޭހަ  ލިބިގެން ދާނެ ކަމަށެވެ.

ހެލްތު މިނިސްޓްރީގައި ލޭއަޅާތަކެތި ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަހްމަދު ނަސީމް ވިދާޅުވީ ރައްކާތެރިނޫން ގޮތުގައި ލޭއެޅުމުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރަކު އެެތައް މިލިއަން ބައެއްގެ ފުރާނަ ގެއްލިގެންދާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ލޭގެ ހިދުމަތްތައް ސްޓޭންޑަޑައިޒްކޮށް ރައްކާތެރިގޮތެއްގައި ބްލަޑް ޓްރާންސްފިއުޝަންގެ ހިދުމަތްތަކާ އެކަމަށް ބޭނުންވާ އެކުއިޕްމަންޓްތައް ހޯދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށައިގެން ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.

ދިވެހިރާއްޖެއަކީ ތެލެސީމިއާގެ އާބާދީގެ ނިސްބަތުން ބޮޑު ގައުމެއް ކަމަށް ނަސީމް ވިދާޅުވިއެވެ.

ގަވާއިދުން ރައްކާތެރިކަމާއެކު ލޭއެޅޭނެ ފުރިހަމަ ނިޒާމެއް ގާއިމްކުރުމަށް ލޭއެޅުމުގައި ބޭނުންކުރާ އިކުއިޕްމަންޓްތަކަކީ ބޭނުންތެރި އެއްޗިހި ކަމަށް ނަސީމް ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން ރަށްރަށުގެ ހެލްތު ސެންޓަރުތަކަށް ހަދިޔާ ކުރި ލޭއަޅާ ސާމާނުގެ އަގު 20 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: