ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެޝަނަލް ކެންސަރު ކޮންޓްރޯލް ޕްލޭން އިފްތިތާހްކޮށްފި

ނެޝަނަލް ކެންސަރު ކޮންޓްރޯލް ޕްލޭން އިފްތިތާހުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކެންސަރު ކޮންޓްރޯލް ޕްލޭން 2022 – 2026 އިފްތިތާހްކޮށްފިއެވެ.

ގައިންގަޔަށް ނާރާބަލިތައް ކޮންޓްރޯލްކޮށް ޞިއްޙީ ދުޅަހޮޔޮކަން އިތުރުކުރުމަށް، މިހާރު ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ރޭވިފައިވާ މުހިއްމު ކަންކަމުގެ ތެރެއިން މިހާރު އެކުލަވާލެވިފައިވާ “ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން 2022-2026” މިއަދު މިނިސްޓަރ އޮފް ހެލްތު ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަޙުމަދު ނަސީމު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

“ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން”(އެންސީސީޕީ)އަކީ މި ބަލި ކޮންޓްރޯލްކުރުމަށް ކަނޑައަޅާފައި ހުރި ކަންކަން 5 އަހަރުގެ މުއްދަތަށް އެކުލަވާލެވިފައިވާ ފްލޭންއެކެވެ.

މި ޕްލޭން އެކުލަވާލެވިފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ފަންނީ ލަފައާއި އެހީތެރިކަމާއެކުގައި އަދި ރާއްޖޭގެ މިކަމާ ގުޅުންހުރި ފަންނީ ފަރާތްތަކުގެ މަޝްވަރާއާއިއެކުގައެވެ.މިޕްލޭންގެ މަޤްޞަދުތަކުގެ ތެރޭގައި ކެންސަރުން ރައްކާތެރިތެރިވުމަށް ރާއްޖޭގައި އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅުމާއި ކެންސަރު ބަލީގެ މީހުންނަށް އެކަށީގެންވާ ފަރުވާއާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމާއި އެފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތަށް ކުޑަކުރުމާއި، މި ކަންކަމާއި ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކުންނާއި ޕްރައިވެޓް ސެކްޓަރ އާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރާ މަސައްކަތްތައް އެއް އަމާޒަކަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކޯރޑިނޭޝަން ރަނގަޅު ކުރުން ހިމެނެއެވެ.

ކެންސަރު ޖެހޭ މިންވަރާ، ކެންސަރުގެ ޢާންމު ވައްތަރުތަކާ އަދި ކެންސަރު ބައްޔަށް ހުށަހެޅޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ، ފަރުވާ ހޯދާ މީހުންގެ މަޢުލޫމާތު ޤަވާޢިދުން އެއްކޮށްއެފަރާތްތަކަށް ދޭންޖެހޭ ފަރުވާއާއި އެހީތެރިކަން ރަނގަޅަށް ވިލަރެސްކޮށް، ތަފާސް ހިސާބު އެއްކުރުމަށް ބޭނުންވާ “ކެންސަރ ރަޖިސްޓްރީ” ހަރުދަނާކުރުމަކީވެސް މި ޕްލޭންގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު އެއް މަސައްކަތް ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: