ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ އިތުރަށް ހަރަދުކުރުމަށް ރައްޔިތުން އެދޭ: މެމްބަރު އަބްދުﷲ ވަހީދު

ހއ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު މަޖިލީހުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ އިތުރަށް ހަރަދުކުރުމަށް ދިވެހި ރައްޔިތުން އެދޭކަމަށާއި ސަރުކާރުން ކުރަމުންދާ އެއްވެސް ހަރަދެއް ހުއްޓާލުމަށް ރައްޔިތުން ބޭނުން ނުވާކަމަށް މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ދައުލަތުގެ ދަރަނިތަކާއިމެދު މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އަބްދުﷲ ވިދާޅުވީ، ކޮވިޑްގެ ސަބަބުން ކުރިމަތިވި ހާލަތުން އަރައިގަތުމަށް ކުރަންޖެހެނީ އާމްދަނީ އިތުރު ކުރުމުގެ މަސައްކަތްތައް ކަމަށެވެ. އަދި ދަރަނީ ސަބަބުން ބިރެއްގައި ޖެހި ހުއްޓި ތިބެވެން ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދެވެން އޮތީ ކުރިއަށް ކަމަށެވެ. އެހެންނަމަވެސް ކުރިއަށް ދާއިރު، މިހާރު އޮތް ހާލަތުން އަރައިގަނެވޭނެ ގޮތްތަކާއިމެދު ވިސްނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަބްދުﷲ ވިދާޅުވީ، ކުރަން އޮތީ އާމްދަނީ އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ.

އަބްދުﷲ ވިދާޅުވީ، ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ވާހަކަތައް ނުދައްކާ ތިބެވެން ނެތްކަމަށެވެ. އަދި އެވާހަކަތައް ގިނަ ގިނައިން ދައްކާ ކުރެވެން އޮތް ގޮތެށް ދެނެގަނެ އެ މަގުން ދާންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި “އެންމެ ބޮޑަށް ކުރެވޭ” ކަމެއްގެ ގޮތުގައި އޮތީ ޓުއަރިޒަމްކަމަށެވެ. އެހެންކަމުން މުޅި ރާއްޖެއަށްވެސް މަންފާ ލިބިގެންދާ ގޮތަށް ސިނާއަތު ފުޅާ ކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

އަބްދުﷲ ވިދާޅުވީ، 50 އަހަރު ވެގެން އައި އިރު ފަތުރުވެރިކަމުގެ މަސައްކަތްތައް ހިނގަމުންދިޔައީ މާލެ ސަރަހައްދުގައިކަމަށެވެ. އެހެންނަމަވެސް މިއަދު ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ފަތުރުވެރިކަމުގެ ސިނާއަތު ފުޅާ ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ މާލިއްޔާތު ރަނގަޅު ކުރުމަށް މި ސަރުކާރަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭކަން ފާހަގަކުރެއްވޭކަމަށް އަބްދުﷲ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ގަން އެއަރޕޯޓު ބައިނަލްއަގުވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި ތަރައްގީ ކުރެވުމާއިއެކު މުޅި ދެކުނަށްވެސް އެކަމުގެ މަންފާ ލިބިގެންދާނެކަމަށެވެ.

އަބްދުﷲ ވިދާޅުވީ، އެހެންކަމުން ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ބޮޑަށް ހަރަދު ކުރުމަށް ރައްޔިތުން އެދޭކަމަށެވެ. އަދި އެއްވެސް ހަރަދެއް ހުއްޓާލުމަށްވެސް ބޭނުން ނުވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: