މަޖިލީހުގެ ރައީސްގެ މަގާމުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރަން މަސައްކަތްކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކެރިވަޑައިނުގަންނަވާނެކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ދުރު ކުުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ބުނެ ސޯޝަލްމީޑިއާގައިވެސް ވާހަކަތައް ދެކެވެމުންދާއިރު، އެކަމާއި ގުޅިގެން މަޖިލީހުގެ މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
އާޒިމް ވިދާޅުވީ، ރައީސް ނަޝީދު މަގާމުން ދުރުކުރުމަށް ބޭނުންވާ ވޯޓުތައް ހަމަ ކުރުމަށް މަސައްކަތް ކުރަން ފަށައިފި ހާލަތެއްގައި އެނާ އެކަމާއި ދެކޮޅަށް މަސައްކަތްކުރައްވާނެކަމަށެވެ. އެނާ ވިދާޅުވީ، އެފަދަ ހާލަތެއްގައި ރައީސް ސާލިހުގެ އިތުބާރު ނެތްކަމުގެ ވޯޓު ހަމަ ކުރުމަށް މަސައްކަތްތައް ފައްޓަވާނެކަމަށެވެ.
RN haekka speech dhevveema vee gothaa, anekkaa floor ah vadaigen konme jalsaa aku e speech thah dhevvan fattavaifiyyaa vaane goiy R.Solih ah maa bodah saafu vaane. Nukereyne vakikuraakah. https://t.co/R42lyZsVcD
— Waddey (@waddey_) February 25, 2023
އާޒިމްގެ ޕޯސްޓު ޝެއަރ ކުރައްވާ ވަހީދުވަނީ ރައީސް ސާލިހަށް ތާއީދު ކުރައްވާ ފެކްޝަނަށް ފާޑުވިދާޅުވެފައެވެ. އެނާ ވިދާޅުވީ، ރައީސް ނަޝީދު އާންމުނާއި ބައްދަލުކުރައްވާ ވާހަކަދެއްކެވެމުން ނުކުތް ނަތީޖާ ރައީސް ސާލިހަށް އެނގިވަޑައިގަންނަވާނެކަމަށެވެ. އެހެންކަމުން އެމަނިކުފާނު ރިޔާސަތުން ވަކިކުރައްވައިފި ހާލަތެއްގައި ފްލޯ އަށް ވަޑައިގެން ސްޕީޗުތައް ދެއްވަން ފައްޓަވައިފި ހާލަތެއްގައި ވެގެންދާނެ ގޮތްވެސް ރައީސް ސާލިހަށް ސާފުވެވަޑައިގަންނަވާނެކަމަށާއި، އެހެންކަމުން އެކަން ކުރައްވަން ކެރިވަޑައިނުގަންނަވާނެކަަމަށް ވަހީދު ވިދާޅުވިއެވެ.

