ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުނިވަރސިޓީތަކުގެ އިސްވެރިންނާއި ލެކްޗަރަރ އިންގެ މުސާރަ ބޮޑުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސާލިހް / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލެކްޗަރާއިން ނާއި ޔުނިވަރސިޓީ ތަކުގެ އިސްވެރިންގެ މުސާރަ ބޮޑުކުރެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ތ ހިރިލަންދޫ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެރަށު ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސާލިހް ވިދާޅުވީ އިއްޔެއިން ފެށިގެން ލެކްޗަރާއިންނާއި ޔުނިވަރސިޓީތަކުގެ އިސްވެރިންގެ މުސާރަ ވަރަށް ބޮޑަށް އިތުރު ކުރެވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ޔުނިވާސިޓީތަކުގެ ލެކްޗަރާއިންނަށް ކުރިން ލިބެމުން އައީ 18،680 ރުފިޔާ ކަމަށްވީ ނަމަވެސް މިހާރު އިތުރު ވަގުތާ ނުލައި 29،900 ރުފިޔާ ލިބޭނެ ކަމަށެވެ.

ސީނިއާ ލެކްޗަރާއަކަށް ކުރިން ލިބެނީ 20،830 ރުފިޔާ ނަމަވެސް މިހާރު 34،000 ރުފިޔާ ލިބޭނެ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.

މީގެ އިތުރުން، އެސިސްޓެންޓް ޕްރޮފެސާއެއްގެ މުސާރަ 23،500 ރުފިޔާއިން 39،400 ރުފިޔާއަށް ބޮޑުކޮށްފައިވާނެ ކަމަށާއި އެސޯސިއޭޓް ޕްރޮފެސާއެއްގެ މުސާރަ 26،000 ރުފިޔާއިން 45،000 ރުފިޔާއަށް ބޮޑުކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ލެކްޗަރައިން ނާއި ޔުނިވަރސިޓީތަކުގެ އިސްވެރިންގެ މުސާރަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި:

ޑީން: 30،000 ރުފިޔާއިން 38،000 ރުފިޔާއަށް

ރަޖިސްޓްރާ: 23000 ރުފިޔާއިން 42000 ރުފިޔާއަށް

ޑެޕިއުޓީ ވައިސް ޗާންސެލަރު: 39،000 ރުފިޔާއިން 48،000 ރުފިޔާއަށް

ވޮކޭޝަނަލް އެސޯސިއޭޓް ލެކްޗަރާ: 14،000 ރުފިޔާއިން 26،000 ރުފިޔާއަށް

ވޮކޭޝަނަލް ލެކްޗަރާ: 17،000 ރުފިޔާއިން 29،000 ރުފިޔާއަށް

ވޮކޭޝަނަލް ސީނިއާ ލެކްޗަރާ: 17،000 ރުފިޔާއިން 34،000 ރުފިޔާއަށް

ޔުނިވަރސިޓީތަކުގެ ލެކްޗަރައިންނާއި އިސްވެރިންގެ މުސާރަށް ގެނެވުނު މި ބަދަލާއެކު ޖުމްލަ 767 މީހުންގެ މުސާރައަށް ބަދަލު އަންނާނެ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ. އަދި އެކަމަށް، އަހަރެއްގެ މައްޗަށް 63 މިލިޔަން ރުފިޔާ ހަރަދު ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ލެކްލެކްޗަރާއިންނަށް ދޭ އާ މުސާރަ ބޮޑުކުރެވިގެންދިޔަ ކަން ހާމަކުރެއްވިއިރު ފާއިތުވި މަހު އިއްވި ރިޔާސީ ބަޔާނުގައި ރައީސް ސާލިހް ވަނީ މި މަހު ލެކްޗަރާއިންގެ މުސާރައަށް އަންނަ ބަދަލު އިއުލާން ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ލެކްޗަރާއިން އެ މީހުންގެ މުސާރަތައް ބޮޑުކުރުމަށް ޑިމާންޑުކުރަން ފެށީ ޓީޗަރުންގެ މުސާރަ ބޮޑުކުުރުމާއެކުގައެވެ. އެއީ ހެޔޮ ބަދަލެއްގެ ގޮތުގައި ލެކްޗަރާއިން ފާހަގަކުރާ ކަމެއް ކަމުގައިވީ ނަމަވެސް ޔުނިވާސިޓީ މުވައްޒަފުން ބާކީވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ލެކްޗަރާއިން މީގެ ކުރިން ވަނީ ފާހަގަކޮށްފައެެވެ.

ލެކްޗަރާއިންގެ މުސާރަ ބޮޑު ކުރުމަށް ނިންމާފައިވާއިރު ފާއިތުވި އަހަރު ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ވެސް ވަނީ ބޮޑުކޮށްފައެވެ. އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ވެސް މޭ މަހު ބޮޑު ކުރަން ރައީސް ސާލިހް ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: