ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަގީގެ ހިދުމަތްތަކަށް މާލެ ސިޓީ ކައުންސިލުން ހެޔޮ އަގުތަކެއް ކަނޑައަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ފެށުމަށް ހަމަޖެހިފައިވާ ބަގީގެ ހިދުމަތަށް މާލެ ސިޓީ ކައުންސިލުން ހެޔޮ އަގުތަކެއް ކަނޑައަޅައިފިއެވެ.

ބަގީގެ ހިދުމަތް ވިލިމާލޭގައި ފެށުމަށް މާލެ ސިޓީ ކައުންސިލުން ބަގީގެ ދަތުރުތަކުގެ އަގުތައް ކަނޑައަޅާފައިވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 91 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ހުށައެޅުން ހުށައެޅީ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް އެވެ. މި ހުށައެޅުމަށް ތާއީދުކުރެއްވީ ވިލިމާލެ ދާއިރާގެ ކައުންސިލަރ ނަހުލާ އަލީއެވެ.

ބަގީގެ ހިދުމަތް މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭން އަގުތައް ކަނޑައަޅާފައިވަނީ ރައްޔިތުންނަށް ބުރަ ނުވާނެ ފަދަ ގޮތަކަށެވެ. ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ 2 ރުފިޔާގެ ފީއެކެވެ. އެހެންނަމަވެސް ބަގީ ”ޕްރައިވެޓް ހަޔާރ“ ގެ ގޮތުގައި ނަގާނަމަ އަގު ތަފާތު ވާނެއެވެ. އެގޮތުން ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ބަގީ ނަގާނަމަ އަގު ތަކަކީ:

4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ

6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ

 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ އެވެ.

މީގެ އިތުރުން 6 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނާއި އެންސްޕާގައި ރެޖިސްޓަރ ވެފައިވާ ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯރމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެއެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ފޯރުކޮށްދިނުމަށް މާލެސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: