ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހް ހިރިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވައިފި

ރައީސް ސާލިހް ތ ހިރިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ބައްދަލުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުން ފަށްޓަވައި ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހިރިލަންދޫއިން އެމަނިކުފާނަށާއި ވަފުދުގައި ހިމެނޭ ބޭފުޅުންނަށް ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ހިރިލަންދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ރަށުގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މައުލޫމާތު އޮޅުން ފިލުއްވިއެވެ.

މިބައްދަލުވުމުގައި، ހިރިލަންދޫ ކައުންސިލުން ވަނީ، މިހާރުވެސް އެރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާ ކަމަށާއި، އަދި ބައެއް މަޝްރޫޢުތައް ނިމިފައިވާކަން ފާހަގަކުރައްވާފައެވެ. ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ދަތުރުފަތުރުގެ ދަތިތަކާއި، ބަނދަރުގެ ދަތިކަމާއި، ރަށްގިރުމުގެ މައްސަލައާ، މަސްކިރުވުމުގައި ދިމާވާ ދަތިތަކާއި، ރަށާއި ކައިރީގައި ރިޒޯޓެއް ނެތުމުންް ޒުވާނުންނަަށް ވަޒީފާގެ ފުރުޞަތުތައް ލިބުމުގައި ހުރި ދަތިތައް ހިމެނެއެވެ. މީގެ އިތުރުން މިބައްދަލުވުމުގައިއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ރަށުގެ ސިއްޙީ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހިރިލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއެކު ބޭއްވި މިބައްދަލު ކުރެއްވުމުގައި، ސަރުކާރުން ހިރިލަންދޫގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫޢުތުތާއި ގުޅޭ މައުލޫމާތު ހިއްސާކުރެއްވިއެވެ. ކައުންސިލުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހިރިލަންދޫއަށް ކުރެއްވި މި ދަތުރުފުޅުގައި، ހިރިލަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއެކު ބޭއްވެވި ބައްދަލު ކުރެއްވުމަށްފަހު ވަނީ ހިރިލަންދޫ ވޮލީ ކޯޓު ހުޅުއްވައި ދެއްވައި، މޯލްޑިވްސް ވޮލީބޯލް ވެޓެރެންސްޓީމާއި، ހިރިލަންދޫ ވޮލީޓީމާ ދެމެދު ކުޅެވުނު ވޮލީ މެޗުގައި ބައިވެރިވެ ވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: