ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫއުއިން ބޮޑަށް ފައިދާވަނީ އީގަލް ހިލްސްއަށް، މަޝްރޫއު ހުއްޓާލަންޖެހޭ: ރައީސް ސާލިހް

އެމްޑީޕީ ގައުމީ މަޖުލީހުގެ ޖަލްސާއެއްގައި ރައީސް ސާލިހު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލޭގައި ހިންގަން ނިންމާފައިވާ މޯލްޑިވަސް ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއު ރޭވިފައިވާ ގޮތުން މުސްތަގުބަލުގައި ރާއްޖެއަށް އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ތަން ފެންނަ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ރައީސް ސާލިހް އެކްސްގައި ވިދާޅުވީ، ރަނގަޅު ވިޔަފާރި މުއާމަލާތެއްގައި މުދާ ވިއްކާ ފަރާތާއި ގަންނަ ފަރާތަށް ނުވަތަ ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތަށް ވެސް ފައިދާވާން ޖެހޭނެ ކަމަށެވެ. ނަމަވެސް، ރަސްމާލޭން 500 ހެކްޓަރު ބިން ހިލޭ، އީގަލް ހިލްސަށް ދާއިމަށް ދިނުމުގައި އެކަމެއް ނުފެންނަކަމަށާއި ‏އިންތިހާއަށް ފައިދާވަނީ އީގަލް ހިލްސްއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

‏ރާއްޖެއަށް މާލީގޮތުން ލިބެންޖެހޭ ފައިދާ ލިބޭ ތަނެއް ނުފެނަ ކަމަށާއި ދިވެހި ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެން ބިން ހިއްކާއިރު، ‏500 ހެކްޓަރު ބިން ‏އީގަލް ހިލްސްއަށް ދެނީ ހިލޭ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ. ‏

އޭގެ އިތުރުން، ދައުލަތަށް ލިބޭ އެއްވެސް ފައިސާއެއް ނެތް ކަމަށާއި ‏އީގަލް ހިލްސުން އަޅާނެކަމަށް ބުނާ 5,000 ހައުސިންގ ޔުނިޓް ޖެހެނީ ދިވެހި ސަރުކާރުން ގަންނަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

‏އެ ޕްރޮޖެކްޓް މިހާރު ރޭވިފައިވާ ގޮތުން މުސްތަގްބަލުގައި މުޅި ގައުމަށް ބޮޑެތި އެތައް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ތަން ފެންނަ ކަމަށް ވިދާޅުވެ، މި ޕްރޮޖެކްޓް މިހާރު ރޭވިފައިވާ ގޮތަށް ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް އެމަނިކުފާނު ސަރުކާރަށް އިލްތިމާސްކުރެއްވިއެވެ.

އެ މަޝްރޫއު ހުއްޓާލުމަށް ރައީސް ސާލިހު ގޮވާލައްވާފައިވާއިރު، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އީގަލް ހިލްސްއާ ދެކޮޅަށް އެމްޑީޕީން ނުކުތުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އީގަލް ހިލްސްގެ މަޝްރޫއާ ގުޅިގެން މީގެ ކުރިން އެމްޑީޕީން ނެރެފައިވާ ބަޔާނުގައިވާ ސްޓޭންޑާ އެއްގޮތަށް ކުރިއަށް ދިއުމަށް އެދިވަޑައިގެން، އެ ސްޓޭންޑާ އިދިކޮޅުވާ ގޮތަށް މަޖިލިސް މެންބަރުން އަމަލުތައް ނުބެހެއްޓުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވައިފައެވެ.

އެ މަޝްރޫއުގެ މައްސަލައިގައި އެމްޑީޕީން އަމަލުކުރާނެ ވަކި ސިޔާސަތެއް ކަނޑައެޅުމަށްޓަކައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހާއްސަ ބައްދަލުވުމެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން، މަޝްރޫއާ ދެކޮޅަށް އިދިކޮޅުން ޝުއޫރުފާޅުކުރަމުންދާއިރު، މަޝްރޫއުއާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ގޮވައިލައި އަންނަ މަހު އެއްވުމެއް ބާއްވާނެކަން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވެސް ބައިވެރިވާ ”ދިވެހީންގެ ބިން ދިވެހީންނަށް“ ހަރަކާތުން ވަނީ އިއުލާނުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: