ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެޗްޑީ އޮތަސް އިހުލާސްތެރިކަމެއް ނެތްނަމަ ތަހުގީގުގައި އޮއްޓަރެއް ނުހުންނާނެ: މެމްބަރު ޒަރީރު

މަތިވެރި ދާއިރާގެ މެމްބަެރު ހަސަން ޒަރީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ތަހުގީގު ކުރާ މީހެއް ހުރީ ޕީއެޗްޑީއެއް ނަގައިގެން ނަމަވެސް އެނާ މަސައްކަތްކުރާއިރު އިހުލާސްތެރި ނޫންނަމަ، ކުރާ މަސައްކަތެއްގައި އޮއްޓަރެއް ނުހުންނާނެކަމަށް މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމާއިމެދު ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ، ފުލުހުންގެ އިދާރާއިން ހިންގާ ބޮޑެތި ޖިނާއީ ތަހުގީގުތައް ފެއިލްވެ ނަތީޖާއެއް ނުލިބިދާ ސަބަބާއިމެދު ވިސްނާލަންޖެހިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ވަގުތާއި ފައިސާ އަދި އެހެނިހެން ވަސީލަތްތައް ބޭނުންކުރުމަށްފަހު ކޯޓުގެ މަރުހަލާއިން ދައުވާތައް ސާބިތުނުވާކަމަށެވެ.

އޭނާ ވިދާޅުވީ، ސާބިތުނުވަނީ ހެކި ހޯދާ ގޮތުގެ ސަބަބުން ނުވަތަ އިޖުރާއަތުތުތައް ފުރިހަމަ ނުކޮށް ހުރުމުގެ ސަބަބުން ނުވަތަ ހެކި ހޯދުމުގެ ތެރޭގައި ގާނޫނާއި އެއްގޮތަށް އަމަލުކޮށްފައިނުވާތީކަމށެވެ. އެހެންނަމަވެސް އެކަންކަން ތަކުރާރުވަމުންދާއިރުވެސް އަނެއް މައްސަލަވެސް އެ އޮފިސަރަކާއި ހަވާލުކުރާކަމަށާއި އަނެއްކާވެސް ކޯޓާއި ހިސާބުން ފެއިލްވެގެންދާކަމަށް ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، ޒިންމާދާރުކަން ކުޑަ ގޮތެއްގައި ތަހުގީގު ކުރާ އޮފިސަރުން ޒިންމާދާރު ކުރެވޭނެ ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ.. އޭނާ ވިދާޅުވީ، ގާނޫނު ކިތަންމެ ހަރުކަށިކޮށް ހެދުނު ނަމަވެސް އޭގެ ދަށުން ހެދޭ ގަވައިދުން އެފަދަ ބޭފުޅުންނާއިމެދު ފިޔަވަޅު އެޅިގެން ނުދާކަމަށްވަނީނަމަ ގެންނަން ބޭނުންވާ ހަގީގީ އިސްލާހުތައް ގެނެވިގެން ނުދާކަމަށެވެ.

އޭނާ ވިދާޅުވީ، ދުނިޔޭގައި އެންމެ ކުރި އަރާފައިވާ ގައުމުތަކާއި އެއް ގޮތަށް ގާނޫނުތައް ހެދުމުން ކަންކަމަށް ހައްލުތަކެއް ލިބިގެންދާނަމަ މިހާރު އެކަން ވާނީ ހާސިލުކުރެވިފައިކަމަށެވެ. އޭނާ ވިދާޅުވީ 7 ފެބްރުއަރީ އަކީ ގައުމަށް ދިމާވި އެންމެ ބޮޑު އެއް ހާދިސާ ދިމާވި ދުވަސްކަމަށެވެ.

އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން އެ ދުވަހު ވައްޓާލިކަމަށެވެ. އަދި އެއަށްފަހު އެމްޑީޕީ އެތައް އަހަރެއް މަގުމަތީގައި ހޭދަ ކުރިކަމަށާއި ވެރިކަން ވައްޓާލުމުގައި ޝާމިލުވި ފަރާތްތަކަށް އަދަބު ދޭނެކަމަށް އަދި ލިބޭނެކަމަށް ގޮވާލަމުންދިޔަކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެ އަބަދު ދެވުނު ތޯ ސުވާލުކުރައްވާކަމަށް ޒަރީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކަމެއް އިސްލާހު ކުރެވޭނީ މީހެއް ކުށެއް ކުރުމުން އަދަބު ލިބޭނެކަން ކަށަވަރު ވާނަމަ ކަމަށެވެ. އަދި ގާނޫނީ ގޮތުން އުފެދުނު ވެރިކަމެއް ވައްޓާލި ބަޔަކު ގިނަ އަދަދެއްގެ މީހުންގެ މައްޗަށް ބާރުފޯރުވޭ ގޮތަށް ޑިޕާޓްމެންޓުތަކުގެ ހެޑުންގެ ގޮތުގައި ލުމުން ގާނޫނެއް ހެދިނަމަވެސް ކަމެއް އިސްލާހު ނުކުރެވޭނެކަމަށް ޒަރީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: