ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިމިދިޔަ ފަސް އަހަރަކީ އެންމެ ބޮޑަށް ޕީޖީގެ ސަބަބުން ގެއްލުންވި ދައުރު: ޒަރީރު

މަތިވެރި ދާއިރާގެ މެމްބަރު ޒަރީރު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ފަސް އަހަރަކީ ޕްރޮސެކިއުޓާރ ޖެނެރަލްގެ ފަރުވާ ކުޑަކަމުގެ ސަބަބުން ދައުލަތަށް އެންމެ ބޮޑަށް ގެއްލުންވި ފަސް އަހަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖީނާއީ އިޖުރާއަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ޒަރީރު ވިދާޅުވީ، ސަރުކާރުން ގެނައުމަށް ހުށައަޅާފައިވާ އިސްލާހުތަކަކީ ވަރަށް ޕްރަޑަކްޓިވް ނަތީޖާ ނެރެވޭނެ އިސްލާހުތަކެއް ކަމަށް ގަބޫލުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ޖިނާއީ އިޖުރާއަތު ގާނޫނު ފަރުމާކުރެވި ފާސްކުރެވިފައިވާގޮތުން ޖީނާއީ ބޮޑެތި މައްސަލަތަކުގައި ޒަމާނާ ގުޅޭ ހެކިތައް ހޯދުމުގައި ވަރަށް ބޮޑެތި ދަތިތަކާއި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށެވެ.

ޒަރީރު ވިދާޅުވީ، ކަން އެގޮތަށް އޮތުމުން ބޮޑެތި ހަރަދުތައް ކޮށްގެން ތަހުގީގުތައް ކުރުމަށް ފަހުގައި ފުލުހުންނާއި އެހެނިހެން ކަމާއި ބެހޭ އިދާރާތަކަށްވެސް މައްސަލަތަކުގައި ކުރާ ދައުވާތައް ސާބިތުކުރުމުގައި ބޮޑެތި ދަތިތައް ކުރިމަތިވަމުންދިޔަކަން ނިމިދިޔަ ދުވަސްތަކުގެ ތެރޭގައި ފާހަގަކުރެވިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ނިމިދިޔަ ފަސް އަހަރު ރާއްޖޭގައި ފެންމަތިވި ކަންކަމަށް ބަލާއިރު ބޮޑެތި ޖިނާއީ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ މައްސަލަތައް އެތައް ދުވަސްތަކެއް ވުމަށްފަހު ގާޒީއާއި ހިސާބަށް ދިއުމުން އިޖުރާއަތުތައް ފުރިހަމަ ނުވާކަމަށް އެނިގެންދާކަމަށާއި ހެކިތައް ހޯދާފައި ހުރީ ގާނޫނު ތަންދޭ ގޮތަކަށް ނޫންކަމަށް ކޯޓުން ބުނާކަމަށެވެ.

އެހެންކަމުން ގެނެވޭ އިސްލާހުތަކުގެ ސަބަބުން އެފަދަ މައްސަލަތަކަށް ރަނގަޅު ހައްލެއް ލިބިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. ޒަރީރު ވިދާޅުވީ، ރާއްޖޭގެ މުޅި ޝަރުއީ ނިޒާމު ރަނގަޅުކުރަންޖެހޭކަމަށާއި ނިމިދިޔަ ދައުރުގައި އެމްޑީޕީއިން އެންމެ ގިނައިން ދެއްކީ އަދުލު އިންސާފު ގާއިމުކުރާނެކަމުގެ ވާހަކަށްވާއިރު އެކަން ކުރެވުނީ ކޮން ގޮތަކުން ތޯވެސް ބަލާލަންޖެހޭކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނިމިދިޔަ ފަސް އަހަރަކީ ޕްރޮސެކިއުޓާރ ޖެނަރަލްގެ ސަބަބުން އެންމެ ބޮޑަށް ދައުލަތަށް ގެއްލުންވި ފަސް އަހަރުކަމަށެވެ. އެގޮތުން ދައުލަތަށް ދައްކަންޖެހޭ އެތައް މިލިއަން ރުފިޔާއެއްގެ މައްސަލަތަކުގައި ދަށު ކޯޓުން ނިމިގެން އިސްތިއުނާފުކުރުމަށް އޮންނަ ދުވަސްތަކުގައި ނުކުރެވިގެން މައްސަލަތައް ބޭރުވެފައި ހުރި ފަހަރުތައް ހުރިކަމަށެވެ. އޭނާ ވިދާޅުވި، ތަހުގީގުކުރަން އެތައް މިލިއަނެއް ހަރަދުކުރާކަމަށާއި ދައުލަތުގެ އެތައް ރިސޯސްތަކެއްވެސް ބޭނުންކުރެވިގެންދާކަމަށެވެ. އެހެންނަމަވެސް ޕީޖީ ހުސައިން ޝަމީމްގެ ފަރުވާ ކުޑަކަމުގެ ސަބަބުން ދަށުކޯޓުން ނިމުމުން އިސްތިއުނާފުނުކޮށް މޭޒުމަތީ އެތައް ދުވަހެއް ބޭއްވުމަށްފަހު ވަގުތު ހަަމަވުމުން މަތީ ކޯޓަށް ލާކަމަށެވެ. އޭނާ ވިދާޅުޥީ، އެގޮތަށް ކަންކަން ކުރުމުން ކަން ވެގެންދާނެ ގޮތް އެންމެނަށްވެސް އެނގިވަޑައިގަންނަވާނެކަމަށާއި އެހިސާބުން މައްސަލަ ބޭރުވާކަމަށް މައުލޫމާތު ދެއްވިއެވެ.

އެހެންކަމުން ގާނޫނަށް އިސްލާހެއް ގެންނަ އިރު މިފަދަ މައްސަލަތަކާއި އިދާރީ ގޮތުން ހަވާލުވެ ހުންނަ މީހަކު ފަރުވާކުޑަވުމުގެ ސަބަބުން ކޯޓުތަކުން ބޭރުވުން ފަދަ މައްސަލަތައް ދިމާވުމުން އެ މީހަކުވެސް ޒިންމާކުރެވޭނެ ގޮތަށް މާއްދާއެއް ހިމަން ޖެހޭކަމަށާއި ޒިންމާކުރުވަން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި ހަގީގީ މާނައިގައި މައްސަލަ ހައްލުކުރެވޭނީވެސް އެގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: