ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

20 ވަނަ މަޖިލީހުގެ ގަވާއިދު ހެދެންދެން 19 ވަނަ މަޖިލީހުގެ ގަވާއިދަށް އަމަލު ކުރަން ފާސްކޮށްފި

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އުލަވައިލާ ނިމެންދެން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އަމަލު ކުރުމަށް ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި 20 ވަނަ މަޖިލީހުގެ ގަވާއިދު އެކުލަވައިލާ ނިމެންދެން 19 ވަނަ މަޖިލީހުގެ ގަވާއިދަށް އަމަލު ކުރަން ފާސްކުރީ މިއަދު ބޭއްވި 20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ. އެގޮތަށް އަމަލު ކުރަން ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުއެވެ. ފަލާހުގެ އެ ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވި 90 މެމްބަރުންގެ ވޯޓުންނެވެ.

20 ވަނަ މަޖިލީހުގެ ގަވާއިދު އެކުލަވައިލާ ނިމެންދެން 19 ވަނަ މަޖިލީހުގެ ގަވާއިދަށް އަމަލު ކުރަން ފާސްކުރުމުގެ އިތުރުން 20 ވަނަ މަޖިލީހުގެ ގަވާއިދު އެކުލަވައިލާ ނިންމުމުގެ މަސައްކަތް މަޖިލީހުގެ އާންމު ކޮމެޓީއާއި ވަނީ ހަވާލުކޮށްފައެވެ.

އެގޮތުން އަންނަ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ކުރިން 20 ވަނަ މަޖިލީހުގެ ގަވާއިދުގެ މަސައްކަތް ކޮމެޓީން ނިންމާ ތަޅުމަށް ހުށަހެޅުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް ލިބިފައިވާއިރު 20 ވަނަ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީއެންސީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައިވީނަމަވެސް މައިނޯރިޓީގެ އަޑު އިއްވަން ޖާގަ ދޭނެ ކަމަށެވެ. 20 ވަނަ މަޖިލީޙުގައި ސަރުކާރާއި އިދިކޮޅު މެމްބަރުންގެ ގޮތުގައި ތިއްބަވާނީ އެމްޑީޕީއަށް ނިސްބަތްވާ 12 މެމްބަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: