ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް ސަރުކާރުން ދެނީ ބީރު ކަންފަތެއް: ޝާހިދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި އެ ދަރިވަރުންގެ އާއިލާތަކަށް ސަރުކާރުން ދެނީ ބީރު ކަންފަތެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެގޮތަށް ވިދާޅުވީ ސަރުކާރުގެ ހަރަދުގައި ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިހާރު ފައިސާ ފޮނުވުން ހުއްޓާލާފައިވާ ކަމަށް ބުނެ އެމްޑީޕީން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުމާ ގުޅިގެންނެވެ.

ސަރުކާރުގެ ސްކޮލާޝިޕްތަކާއި ސްޓޫޑެންޓް ލޯނުގައި ބޭރުގައި ތައުލީމު ފުރިހަމަ ކުރަމުން ދާ ދަރިވަރުންނަށް ފައިސާ ދީ ލަސްކުރާކަމަށް ބުނެ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެމްޑީޕީން ކުއްލި މައްސަލައެއް ހުށަހެޅި އެވެ. ނާޒިލް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ނުދެވޭތީ ޔުނިވާސިޓީތަކަށް ފީ ނުދެއްކޭ ކަމަށެވެ. މީގެ ސަބަބުން ދަރިވަރުން މަގުމަތިވެ، ކޯހުން ބޭރު ކުރާނެކަމަށް ހީވާން ފަށާފައިވާކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރުމާއި މެދު ވޯޓަށް އެހުމުން، މައްސަލަ ބަލައިގަތުމަށް ވޯޓު ދިނީ އެންމެ 12 މެމްބަރުންނެވެ. އަދި ސަރުކާރަށް ނިސްބަތްވާ 51 މެމްބަރަކު ވޯޓު ދެއްވީ ބިލު ބޭރުކޮށްލުމަށެވެ.

މިއަދުގެ ޖަލްސާއަށް ނާޒިލް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލީ، ތަޅުމުގައި ހުރި މުހިންމު މަސައްކަތްތަކަށް ފުރުސަތު ދޭން ޖެހޭކަމަށް ބުނެ އެވެ. އެކަމަކު ޖަލްސާގެ އެޖެންޑާގައި އޮތީ ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ ހުށަހަޅުއްވާފައިވާ ކޮޕީރައިޓްސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް އެކަންޏެވެ.

ސަރުކާރާއި މެދު ހުރި ހިތްހަމަނުޖެހުންތައް ފާހަގަކޮށް، އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަތައް ބަލައިގަނެ މަޖިލީހުގެ ކުރީކޮޅު އެއަށް ބަހުސް ކުރި ނަމަވެސް މިދިޔަ ހަފްތާއާއި މިއަދު ވެސް އެމްޑީޕީ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ވަނީ ބޭރުކޮށްލާފަ އެވެ.

މި މައްސަލަތައް ބޭރު ކުރި ސަބަބެއްކަމަށް ސަރުކާރު މެމްބަރުން ބުނެފައި ވަނީ، ތަޅުމަށް މުހިންމު ބިލުތަކެއް ހުށަހެޅިފައި ވާތީ ވަގުތު ބޭކާރު ކުރުމަށް ފުރުސަތު ނުދިނުމުގެ ގޮތުންނެވެ.

ތަކުރާރުކޮށް ހުށަހަޅާ މިފަދަ ކުއްލި މައްސަލަތަކުން، މަސައްކަތްތަކަށް ހުރަސް އެޅޭކަމަށް ވިދާޅުވެ ގަވައިދަށް ބަދަލު ގެނައުމަށް އެންމެ ފުރަތަމަ ގޮވާލެއްވީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް އެވެ. އޭނާ ވިދާޅުވީ ކުއްލި މައްސަލައެއް ހުށަހެޅޭނީ، ވަކި އުސޫލެއްގެ ދަށުން ނަމްބަރުތަކެއް ހަމަވެގެންކަމަށް ގަވައިދު ބަދަލު ކުރަން ޖެހޭކަމަށާއި، އެ ނޫނީ އެމްޑީޕީގެ އުނދަގޫތަކާއި ކޮންމެ ދުވަހެއްގެ ވެސް ޖަލްސާ ފެށުމާ އެކު ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: