ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަގިރި މާހެފުން މެނޫ: ޕެކޭޖުގައި 16 ބާވަތެއް، ބޮލަކަށް 165 ރުފިޔާ!

ރަމަޟާން މަހާއި ދިމާކޮށް، މާހެފުންތަކަށް ހާއްސަކޮށް ކުޑަގިރި ޕިކްނިކް އައިލެންޑުގައި ހާއްސަ މެނޫއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހާއި ދިމާކޮށް، މާހެފުންތަކަށް ހާއްސަކޮށް ކުޑަގިރި ޕިކްނިކް އައިލެންޑުގައި ހާއްސަ މެނޫއެއް ތައާރަފުކޮށްފި އެވެ.

މާލެ އާއި، މާލެ ކައިރި ރަށްތަކުގެ މީހުންނަށް ހާއްސަކޮށް ހުޅުވި ޕިކްނިކް އައިލެންޑަށް ބޮޑު ތަރުހީބެއް ލިބެމުން ދާކަމަށް ތަން ބަލަހައްޓަމުން ދާ ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ހާމަކޮށްފަ އެވެ.

ކޮންމެ ދުވަހަކު ދަތުރު ދެވޭގޮތަށް ފުރުސަތު ހުޅުވާލާފައި އޮތް، ކުޑަގިރިއަށް އެންމެ ޑިމާންޑު ބޮޑުވަނީ ހަފްތާ ބަންދު ދުވަސްތަކާއި ދިމާކޮށެވެ. އަދި ކުރިޔަށް އޮތީ ރޯދަ މަސްކަމަށްވުމާއި އެކު ދަތުރު ދާ މީހުންގެ އަދަދުތައް އިތުރުވާނެތީ، ހިދުމަތްތައް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެޗްޑީސީން ބުންޏެވެ.

ރޯދައަށް ދަތުރު ދާ މީހުންނަށް ހާއްސަކޮށް ތައާރަފު ކުރި، މާހެފުން މެނޫގެ މައުލޫމާތުތައް ހިއްސާކޮށް އެޗްޑީސޫން ބުނީ ޕެކޭޖުގައި 16 ބާވަތެއްގެ ކެއުމާއި ބުއިން ހިމެނޭނެ ކަމަށެވެ. އަދި ކޮންމެ މީހަކަށް ދައްކަން ޖެހޭނީ، 165 ރުފިޔާކަމަށް ވަނީ މައުލޫމާތު ދީފަ އެވެ.

މެނޫގައި ހިމެނެނީ ކުޅި ފާރޮށި، ފޮނި ފާރޮށި، އަވެލި، ޕާން ބޯކިބާ، މަސްކުރޮޅި، ކާށި، ކަދުރު، ކިރުސަރުބަތު، ވަޅޯ މަސް، ހަނޑޫ ގުޅަ، އައިސް ކޮފީ، ކުޅި ކާޖާ، މާފުށް، ކުޅި ބޯކިބާ އެވެ.

މެނޫގެ އިތުރު މައުލޫމާތުތައް، އަދި ބުކިންގެ ތަފްސީލުތަކަށ 3356454 ގުޅުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: