ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެބުރުއަރީ މަހު މީރާއަށް އެންމެ ގިނަ އާމްދަނީ ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައި!

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ). ފޮޓޯ: އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފެބުރުއަރީ 2023 ގައި މީރާއިން ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންކަން އެ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މީރާއަށް ފެބުރުއަރީ މަހު ލިބިފައިވާ އާމްދަނީގެ ޖުމްލަ އަދަދަކީ 1.72 ބިލިއަން ރުފިޔާއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 18.6 އިންސައްތަ އިތުރުވުމެއްކަމަށް މީރާއިން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މިއީ ފެބުރުއަރީ މަހަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 20.8 އިންސައްތަ ދަށް އަދަދެކެވެ.

މީރާއިން މައުލޫމާތުދޭގޮތުގައި 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައި ލިބުނު އާމްދަނީ އާއި އަޅާބަލާއިރު މިއަހަރުގެ ފެބުރުއަރީ މަހުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ ކޯޕަރޭޓް އިންކަމް ޓެކްސް، ނޮން ރެޒިޑެންޓް ވިތުހޯލްޑިނ ޓެކްސް އަދި އެއާޕޯޓު ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާތީއެވެ. އަދި މިދިޔަ އަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު، މިއަހަރުގެ ޖަނަވަރީ ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދުވެސް ވަނީ 30.9 އިންސައްތައަށް އިތުރުވެފައެވެ. މިއަހަރުގެ 1 ޖަނަވަރީއިން ފެށީގެން ޖީއެސްޓީ ރޭޓު ބޮޑުވުމަކީ ފެބުރުއަރީ މަހު ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހު ލިބުނު އާމްދަނީ އާއި އަޅާކިޔާއިރު އާމްދަނީ އިތުރުވުމުގެ ސަބަބެއްކަމަށްވެސް މީރާއިން ވަނީ މައުލޫމާތު ދީފައެވެ.

މިއަހަރުގެ ފެބުރުއަރީ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ މަދުން އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބކީ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފެބުރުއަރީ މަހު ލިވޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ ދަށުވުންކަމަށް މީރާއިން ވަނީ ބުނެފައެވެ.

މިަކމުގެ މައިގަނޑު ސަބަބަކީ މިއަހަރުގެ ޖަނަވަރީ އިން ފެށީގެން ޖީއެސްޓީގެ ރޭޓަށް އައި ބަދަލާއިއެކު، ޖަނަވަރީ މަހު އައިސްފައިވާ ފަތުރުވެރިންނާއި ގުޅޭ ޖީއެސްޓީޣެ ތެރެއިން ކޮންމެވެސް މިންވަރެއް، ޓައިމް އޮފް ސަޕްލައިގެ އުސޫލުގެ ތެރެއިން ޖަނަވަރީ މަހުގައި ލިބިފައިވާތީ، ފެބުރުއަރީ މަހު ލިބޭނެކަމަށް އަންދާޒާކުރި ވަރަށްވުރެ ލިބުނު ޖީއެސްޓީ މަދުވުންކަމަށް މީރާއިން މައުލޫމާތުދެއެވެ.

ޖީއެސްޓީގެ ގޮތުގައި ޖަނަވަރީ 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ ވަރަށްވުރެ 73 އިންސައްތަ އިތުރަށް ލިބިފައިވާކަމަށް މީރާއިން ވަނީ ބުނެފައެވެ. މީރާއިން ބުނެފައިވާގޮތުގައި މިއަހަރުގެ ފެބުރުއަރީގެ ނިޔަލަށް ޖީއެސްޓީގެ ގޮތުގައި ލިބޭނެކަމަށް އަދާޒާކޮށްފައިވާ އަދަދަށްވުރެ ފެބުރުއަރީގެ ނިޔަލަށް ލިބިފައިވާ ޖީއެސްޓީގެ އަދަދު އިތުރެވެ.

ފެބުރުއަރީ 2023 ގައި މީރާއިން ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއިންނެވެ. އެއީ 68.9 އިންސައްތަ ނުވަތަ 1.18 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީއއިން ނަގާ ޓެކްސްއިންނެވެ. އެއީ 10.6 އިނސައްތަ ނުވަތަ 182.04 މުލިއަން ރުފިޔާއެވެ.

މިއަހަރުގެ ފެބުރުއަރީގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 73.60 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: