ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސަރުކާރުން މަސައްކަތް ކުރަނީ މަކަރާއި ހީލަތުން ރިޔާސީ އިންތިހާބު ކާމިޔާބުކުރަން: އާމިރު

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުަމަދު އާމިރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރުން މަސައްކަތް ކުރަނީ މަކަރާއި ހީލަތުން ނުފޫޒުގެ ބޭނުންކޮށްގެން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ކަމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙްގެ ސަރުކާރަށް ފާޑުވިދާޅުވެ އާމިރު ވާހަކަފުޅު ދެއްކެވިއިރު އާމިރު ނިސްބަތްވާ ޕާޓީ އެމްޑީއޭއިން ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސާލިޙާ ކޯލިޝަން ހެދުމަށް ނިންމާފައެވެ.

އިންތިހާބު ތަކާއިބެހޭ އާއްމު ގާނޫނަށް ހުށަހެޅުނު އިސްލާހަށް ބަހުސްކުރައްވަމުން އާމިރު ވިދާޅުވީ ހެޔޮނިޔަތް އޮތީ މަދު އިސްލާހެއްގައި ކަމަށެވެ.

ގިނަ އިއްޒަތްތެރި މެމްބަރުން ވަރަށް ބޮޑަށް ފާހަގަކުރައްވައިފި އެއައި އިސްލާހުގެ 41 ވަނަ މާއްދާގައި މީޑިއާތަކާއި ގުޅޭގޮތުން ބަޔާންކޮށްފައިހުރީ. ވަރަށް ބޮޑު މަކަރާއި ހީލަތުގެ ތެރެއިން ވާކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަނީ. ކުރީ ގާނޫނުގައި މީޑިއާތަކުން ކަނޑައަޅާ ބަޔަކު އެތަންތަނުގައި މޮނިޓަރުންގެ ގޮތުގައި ބަޔަކު ހަރަކާތްތެރިވެވޭނެ ވާހަކަ ބަޔާންކޮށްފައި ވެގެން ދިމާވެފައި އޮތް މައްސަލައެއް އަޅުގަނޑުމެންނަށް މިހާތަނަށް އައިއިރުގައި އިލެކްޝަންސް ކޮމިޝަނަކަށް ގައިމު މި މަޖިލީހަކަށް ކީއްކުރަންތޯ އެއްވެސް ކެންޑިޑޭޓަކަށްވެސް އެބޭފުޅުންނަށް ފާހަގަކޮށްދެވިފަކާ ނެތް. އެހެންވީމަ ދެފުށް ފެންނަ ގޮތަށް ރައްޔިތުންގެ އިންތިހާބުތައް ބާއްވާއިރުގައި ވީހާވެސް ފުޅާދާއިރާއެއްގައި އެކަން ބެލޭނެ މެކޭނިޒަމްއެއް އޮއްވައި އެކަން ހަނިކުރުމަށް އެކުރާ މަސައްކަތަކީ ކަނޑައެޅިގެން ނުބައި ނިޔަތުގައި ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑު ހަމަގައިމުވެސް ސިފަކުރަން. އެހެންވީމަ އަޅުގަނޑު ދަންނަވަން ކުރިން އޮތްގޮތަށް ބަދަލުކޮށް މިކަން ބަދަލުކޮށް މިގޮތަށް މިކަން ފާސްކޮށްފިނަމަ ދިވެހިރާއްޖޭގައި މިނިވަންކަމާއެކު އިންތިހާބެއް ނުބޭއްވޭނެކަން އަޅުގަނޑު ހަމަ ޔަގީންކަމާއެކު ދަންނަވަން. އެކަމެއް ނުކުރެވޭނެ އެގޮތަކަށް މިހެން މިކަންކުރަން ގަސްތުކޮށްފައިވާނަމަ.

އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނަށް އިސްލާހުތައް ހުށަހެޅިއިރުގައި އެހުށަހެޅި ފަރާތަކުން އާއްމުކޮށް އިންތިހާބުތަކުގައި ދިމާވެފައިހުރި ކަންތައްތަކުގެ މައްޗަށް ކިހާވަރަކަށް ރިއާޔަތް ކުރެވިފައިވޭތޯ އާމިރު ވިދާޅުވިއެވެ.

އެހެންމިދެންނެވި ކަމަކީ އަޅުގަނޑުމީ ގައިމުވެސް މި ރައްޔިތުންގެ މަޖިލީހާއި މިއިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނު އެހެން ހުރިހާ ގާނޫނުތަކުގައި ހުރި ވާހަކަތައް އެއްގާނޫނަކަށް ހެދުމަށްޓަކައި އިސްލާހުތައް ހުށަހެޅި މީހެއް. އެކި ގާނޫނުތަކުގައި އިންތިހާބުތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް އެކިގޮތްގޮތަށް ބަޔާންކޮށްފައި އޮތީމާ އެއް ގާނޫނެއްގައި އެއް ހަމައަކުން އެއްގޮތަކަށް ޝަރުތު ބަޔާންކުރުމަށްޓަކައިވެސް މި ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު އިސްލާހު ހުށަހެޅިން. އެއިން އެއްވެސް ކަމެއް މިއަދު ފާހަގަކުރެވިފައި އެއް ނެތް.

އެކިއެކި ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފައި ހުންނަ އެކިއެކި ގާނޫނުތަކުގައި ޝަރުތުތައް އެކި ގޮތްގޮތަށް ހުރުމުން އެކަމުގެ ކަންބޮޑުވުން، ގާނޫނު ދިރާސާ ކުރާ ފަރާތްތަކަށް އޮތް ކަމަށް އާމިރު ވިދާޅުވިއެވެ. އެހެންކަމުން އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ އިންތިހާބުތައް ބޭއްވޭނެ ގޮތް ހަމަޖައްސައިދިނުމަށް އާމިރު ގޮވާލެއްވިއެވެ.

ދެން އަނެއްކަމަކީ މި ގާނޫނުގައި އަޅުގަނޑަކަށް ނޭނގެ ކޮން ބޭނުމަކަށް ކަމެއް ކިހާވަރަކަށް މީގެ އަމަލުކުރާނެކަމެއް. ގާނޫނުގެ 74 ވަނަ މާއްދާގައި މިއޮތީ އެމީހާ އަމިއްލައަށް ފައިދާއެއް ހޯދުމަށްޓަކައި ނުވަތަ އިދިކޮޅު ކެންޑިޑޭޓަށް ގެއްލުން ދިނުމަށްޓަކައިވެސް އެއްވެސް ބާވަތެއްގެ ފައިސާ އެއްގެ ވާހަކަ ދައްކައިގެން ނުވާނެއޭ. އެވާހަކަ ދެއްކިޔަސް އެއީ ކުށެއްކަމަށް. އަޅުގަނޑު ދަންނަވާނީ މި އިންތިހާބުތަކާއިބެހޭ އާއްމު ގާނޫނުނަށް މިއަދު އެބައޮތް އިސްލާހެއްގެ ގޮތުގައި ހުށަހަޅަންޖެހޭ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އިންތިހާބުގައި ކުރިމަތިލައިގެން ވާދަކުރައްވާއިރުގައި އަމަލުކުރެވޭނެ ގާނޫނީ މިންގަޑުތަކެއް. އެހެންނޫން ކަމަށްވާނަމަ، މިއަދު އަޅުގަނޑުމެންނަކަށް ފެންނަމުންނެއް ނުދާނެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެކިއެކި މީޑިއާތަކުގެ ބޭފުޅުން ރައީސް އޮފީހުގެ ފާސް އަޅައިގެން ރަށްރަށުގައި މަސައްކަތްކުރަމުން ދިޔަތަން ފެނިގެން ގޮސްފައިވާ ކަމަށް އާމިރު ތުހުމަތުކުރެއްވިއެވެ. އޭނާ ވިދާޅުވީ އެކަން ރައީސް އޮފީހަށް ދޮގު ނުކުރެވޭނެ ކަމަށެވެ.

ބާރެއް އޮތީތީވެ އެބާރުގެ ނުފޫޒު ބޭނުންކޮށްގެން އަނެއްމީހާއަށް ނެތްބާރެއް ބޭނުންކުރަމުންދަނީ ކަމަށްވާނަމަ އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭނެ ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ ފަރާތެއް އިންތިހާބުގައި ވާދަކުރާއިރު އަމަލުކުރާނެ ގާނޫނީ މިންގަނޑުތަކެއް އެކުލަވާލުން ކަމަށް އާމިރު ވިދާޅުވިއެވެ.

މިރާއްޖޭގައި ކަންކަން ހިނގަމުންދާ ގޮތް މިހާރު މިއޮތީ ފެންނަން. އައު ގާނޫނު އަސާސީގެ ދަށުން ކިތައް އިންތިހާބު ބޭއްވިއްޖެތޯ؟ ހަމަގައިމުވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް، ކައުންސިލަރަކަށް، ޑަބްލިޔުޑީސީގެ މެމްބަރަކަށް އޮތް ފުރުސަތެއް ނޫން، އޭނަ އެ މަގާމުގައި ހުރެގެން ދެވަނަ ކަމަކަށް ކުރިމަތިލާއިރުގައި އެއްވެސް ކަހަލަ ނުފޫޒެއް ބޭނުންކުރުމުގެ. އެއްވެސް ވަސީލަތެއް ބޭނުންކުރުމުގެ. އެކަމު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ ބޭފުޅަކަށް އެބައޮވޭ. އެހެންވީމަ އެކަން އެންމެ ފުރަތަމަ އިލެކްޝަން ކޮމިޝަނުން ހަމަމަގަށް ގެނެސްގެން ނޫނިއްޔާމުން އަޅުގަނޑަކަށް ހީނުވޭ އަދުލުވެރި އިންތިހާބެއް މިގައުމުގައި ބޭއްވިދާނެ ހެނެއް. މިދަނީ ހެޓުކިޔާފައި ނުފޫޒު ބޭނުންކުރަމުން. އެކަންކޮށްފި. ރިޔާސީ އިންތިހާބެއްގެ ޕްރައިމަރީ ހޯދުމަށް، ޕްރައިމަރީ ޓިކެޓް ހޯދުމަށްޓަކައިވެސް އެކަން ކޮށްފި.

އާމިރު ވިދާޅުވީ އިންތިހާބުތަކަށް ނުފޫޒު ނުފޯރުވާ ދައުލަތުން މިނިވަން ކަމާއެކު މަސައްކަތް ކުރާނެ ހިތްވަރު ނެތްކަމަށެވެ.

ޕީޕީއެމްގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ޓިކެޓް ހަވާލުުކޮށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅިފައިވަނިކޮށް ޖަލަށްލައފައިވާތީ އެކަމަށް އާމިރުވަނީ ފާޑުވިދާޅުވެފައެވެ.

“ ދަައުލަތުގެ ހިތްވަރެއް ކީއްވެތޯ ނުހުންނާންވީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޖަލުގައި ހުރީމަ، ނިހާއީ ހުކުމަކަށް ގެނެސްގެން އެކަންވެސް ނިންމައިދިނުމުގެ؟ ހަމަ ދައުލަތުން އެކަން ކުރަންވީނޫންތޯ؟ ބިރުގަންނަން ޖެހޭ ސަބަބެއް ނެތް.

ރައީސް ޔާމީންގެ މައްސަލައިގައި ނިހާއީ ހުކުމަކާއި ހިސާބަށް ގޮސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލެވޭތޯ ނުވަތަ ނޫންތޯ ކަނޑައަޅައިދިނުމަކީ މިއަދު ރައްޔިތުންގެ އެތައް ބަޔަކު އެދޭކަމެއް ކަމަށް އާމިރު ވިދާޅުވިއެވެ. އެހެންކަމުން މިނިވަން އިންތިހާބެއް ބޭއްވުމަށް ރައީސް ޔާމީންގެ މައްސަލައިގައި ގޮތެއް ނިންމުމަކީ ދައުލަތުގެ ލެވެލްގައި ރިއާޔަތްކުރަންޖެހޭނެ ކަމެއް ކަމަށް އާމިރު ވިދާޅުވިއެވެ.

އެހެންކަމުން މިބާވަތުގެ މަކަރާއި ހީލަތުގެ ބިލްތައް މިތަނަށް ހުށަހަޅައިގެން ކުރިއަށްއޮތް ރިޔާސީ އިންތިހާބު، މަކަރާއި ހީލަތުން ކާމިޔާބު ކުރުމަށްޓަަކައި ކުރަމުންދާ މަސައްކަތް މިއަދުން މިއަދަށް ހުއްޓާލުމަށް ގޮވާލަން.

އާމިރު މަޖިލީހުގައި ސަރުކާރަށް ފާޑުވިދާޅުވެފައިވާއިރު އޭނާ ނިސްބަތްވާ ޕާޓީ، އެމްޑީއޭ އިން ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި އެކު ކޯލިޝަން ހައްދަވާފައެވެ. އެމްޑީއޭ އިން ކޯލިޝަން ހެދުމަށް ނިންމާފައިވަނީ ގައުމުގައި ހަމަޖެހުން ގާއިމްކުރުމާއި ސުލްހަ މަސްލަހަތު ގާއިމްކުރުމަށް ކަމަށް އެޕާޓީ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: