ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަޑިންމަ މުވައްޒަފުގެ މަރު: އެޅި ވޭނުގެ އަޑު ރެކޯޑްކޮށް ކަނޑިންމަ މެނޭޖަރަށް ފޮނުވި!

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަޑިންމަ ރިޒޯޓުން ނިޔާވި މުވައްޒަފު ދ.މާއެނބޫދޫ ދިލްބަހާރުގޭ އާދަމް ނަސީރު (60އ) އެޅި ވޭންތައް ރެކޯޑްކޮށް އެ ރިސޯޓްގެ މެނޭޖަރަށް ފޮނުވި ކަމަށް  މާއެނބޫދޫ ހިމެނޭ ކުޑަހުވަދޫ ދާއިރާ މަޖިލީހުގައި ތަމްސީލް ކުރައްވާ އެމްޑީއޭގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.

އާމިރު މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ  އާދަމް ނަސީރު ބަލި ހާލަތު ގޯސްވާތީ އެ ކަން މެނޭޖްމަންޓްގެ ސަމާލު ކަމަށް ގެނައުމަށް ރިސޯޓް މުވައްޒަފުން އެކި ގޮތަށް މަސައްކަތް ކުރި ކަމަށާއި އާދަމް ނަސީރާއެކު އެއް ކޮޓަރިއެއްގައި ނިދަމުން ދިޔަ މީހުން، އޭނާ ވޭން އަޅަމުން ދާތީވެ، އެކަމުގެ ބިރުވެރިކަން އިހުސާސް ކުރެވިގެން އެ އަޑު ރިކޯޑުކޮށް، މެނޭޖަރަށް ފޮނުވުމުން ވެސް އަޅާނުލި ކަމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިފައިވާ ކަމަށެވެ.

އަދި އެ އޯޑިއޯތައް އެބަހުރި ކަމަށްވެސް އާމިރު ވިދާޅުވިއެވެ.

އަދި މީގެ އިތުރުން މުވައްޒަފު މަރުވުމުގައި ރިސޯޓްގެ ބޮޑެތި އިހުމާލުތަކެއްވާކަމަށް އާމިރުވަނީ ތުހުމަތި ކުރައްވާފައެވެ.

އެގޮތުން އާމިރު ވިދާޅުވީ, ރިސޯޓަކީ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ވަސީލަތްތައް ވެސް ގާއިމް ކުރެވިފައިވާ ރިސޯޓަކަށް ވާއިރު ބަލި ހާލަތު ގޯސްވަމުން ދިޔައިރު އެ ބައްޔަށް ޓެސްޓް ނުކުރުމުންނާއި އިތުރު ފަރުވާ ކައިރި މަރުކަޒަކަށް ނުވަތަ މާލެއަށް ގެންދަން ފުރުސަތު ނުދިނުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.

ކަޑިންމަ ރިޒޯޓު އޮޕަރޭޓްކުރުމަށް ދޫކޮށްފައިވާ ހުއްދަ މިހާރު ބާތިލްކޮށްފައިވާއިރު، އާދަމް ނަސީރުގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އެޗްޕީއޭއަށް ރިޒޯޓުގެ ފަރާތުން މައުލޫމާތު ދީފައިވަނީ އެކިފަހަރު އެކިގޮތަށްކަމަށް އެޗްއީއޯސީއިން ބުނެއެވެ.

އޭނާ ނިޔާވީ ބަލި އުޅޭތާ ދެހަފްތާއެއްހާ ދުވަސް ފަހުން ކަމަށާއި އެކިފަހަރު މަތިން ފަރުވާއަށް ފޮނުވުމަށް އެދުމުންވެސް ރިޒޯޓުގެ ފަރާތުން އިޖާބައެއް ދީފައިނުވާކަމަށް އާއިލާއިން މައުލޫމާތުދީފައިވެއެވެ. ކަޑިންމަ ރިޒޯޓުގައި ކޮވިޑްގެ ކޭސްތަކެއް އުޅޭކަން ފެންމަތިވީ އާދަމް ނަސީރު ނިޔާވުމާއި ގުޅިގެން ހެދި ޓެސްޓް ޕޮޒިޓިވްވުމުންނެވެ.

އޭގެ ފަހުން މިހާތަނަށް އައިއިރު، އެރިޒޯޓުން 60 މީހުންނަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: