ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން އަހަރަށް ފަހު ކަސްޓަމަރުންނާއި ހަމައަށް އެމްޓީސީސީގެ ރޯދަ ޕްރޮމޯ!

ބޮޑު މެދުކެނޑުމަކަށް ފަހު ކަސްޓަމަރުންނާއި ހަމައަށް އެމްޓީސީސީގެ ރޯދަ ޕްރޮމޯ ލޯންޗު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ރޯދަ ޕްރޮމޯ އަލުން ފަށައިފި އެވެ.

އޭޕްރިލް މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަނުގެ ދަށުން ސުޒުކީ، ޔަންމާ އަދި ސްކޮޓް ބެޑޯރ ބްރޭންޑުތަކުގެ އިންޖީނުތަކުން ޑިސްކައުންޓު ލިބޭނެ އެވެ.

ޕްރޮމޯޝަން ލޯންޗުކޮށް ދެއްވުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މެދުކެނޑުމަކަށް ފަހު ޕްރޮމޯޝަން އަލުން ލޯންޗު ކުރެވުމަކީ ލިބުނު އުފަލެއް ކަމަށެވެ. އަދި މި ޕްރޮމޯޝަނުގެ އެންމެ ބޮޑު ބޭނުނަކީ އިންޖީނުތައް ގަންނަން ދާ މީހުންނަށް ލުއި ފަސޭހަތައް ހޯދައި ދިނުންކަމަށް ވިދާޅުވި އެވެ.

އެހެންކަމުން މި ޕްރޮމޯޝަން އިންޑަސްޓްރިއަލް ބޯޓް ބިލްޑިން އެންޑް އިންޖީނިއަރިން ޓޫރިޒަމް ދާއިރާއަށް ހާއްސަވާނެ އެވެ. އޭގެ ތެރޭގައި ލިވަބޯޑްތަކާއި، ރިސޯޓު އަދި ލޯކަލް ޓޫރިޒަމާއި، ފެރީ އަދި މަސްވެރިންނަށް ހާއްސަ ވާނެ އެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި، ޕްރޮމޯޝަނުގެ ދަށުން ޔަންމާ އިންޖީނާއި، ސުޒުކީ އިންޖީނު، އަދި ފައިބާ ގްލާސް މެޓީރިއަލް އާއި، ސްކޮޓް ބޭޑާ ކޮމްޕް ސައިޓްސް އަދި ކާސްޓްރޯލް ލުބްރިކަންސް އާއި، ސުޒުކީ އަދި ޔަންމާ ސްޕެއާތަކުގެ އިތުރުން މެރޯލް ސްޓީއަރިން ސިސްޓަމް، ޓިއުބް، ޝެފްޓް އަދި ޕްރޮފެލާ ހިމެނެ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: