ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓާއި ސުޕީރިއާ ކޯޓްތަކުގެ އާ ފަނޑިޔާރުން ހުވާކޮށްފި

ހައިކޯޓާއި ސުޕީރިއާ ކޯޓްތަކަށް ފަނޑިޔާރުން އައްޔަން ކުރުން / ފޮޓޯ: ޖޭއެސްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓާއި ސުޕީރިއާ ކޯޓްތަކަށް އަލަށް އައްޔަނުކުރި ފަނޑިޔާރުން ހުވާކޮށްފިއެވެ.

ފަނޑިޔާރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ފަނޑިޔާރުންނަށް ހުވާލައިދެއްވީ ސުޕްރީމްކޯޓްގެ ފަނޑިޔާރު ޑރ މުހައްމަދު އިބްރާހީމް އެވެ.

ހައިކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ ކްރިމިނަލް ކޯޓްގެ އިސްގާޒީ ކަމުގެ މަގާމުގައި ހުންނެވި އއ ފެރިދޫ ސިޔާމާމަންޒިލް އަހުމަދު ޝަކީލްއެވެ.

ޝަކީލް އެންމެ ފުރަތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރެވުނީ 2003 ވަނަ އަހަރުގެ މާޗް މަހުގައެވެ. ޝަކީލް އަކީ ވިލާ ކޮލެޖުން ގާނޫނީ ދާއިރާއިން ބެޗްލާސް އޮފް ޝަރީއާ އަދި މާސްޓާރސް އޮފް ޝަރީއާ ހާސިލްުކޮށްފައިވާ ބޭފުޅެކެވެ.

ފަނޑިޔާރު ޝަކީލް ވަނީ ނަވާރަ އަހަރު ދުވަހު ފަނޑިޔާރު ކަމުގައި މަސައްކަތް ކުރައްވާފައިވާއިރު، އެ މުއްދަތުގެ ތެރޭގައި އއ އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓްގެ އިތުރުން ކްރިމިނަލް ކޯޓްގެ އިސްގާޒީ ކަމުގެ މަގާމް ވަނީ އަދާ ކުރައްވާފައެވެ.

ސުޕީރިއާ ކޯޓްތަކުގެ ތެރެއިން ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ވަނީ ތިން ފަނޑިޔާރުން އައްޔަން ކޮށްފައެވެ.

ކްރިމިނަލް ކޯޓަށް އައްޔަނު ކުރެވުނު ފަނޑިޔާރުންނަކީ ސ މަރަދޫ އަށެވެލި އިބްރާހިމް އިހްސާން އާއި ގއ ނިލަންދޫ ބިއްލޫރިޖެހިގެ އިބްރާހިމް ޒިހުނީ އާއި ރ ރަސްގެތީމު ގުލާބީއާގެ އާމިނަތު އަޒްލިފާއެވެ.

މީގެ އިތުރުން ސިވިލް ކޯޓަށް އައްޔަން ކުރެވުނު ފަނޑިޔާރުންނަކީ ގދ ފިޔޯރީ ސަންޑަލްވޫޑް ސިނާން އަލީ އާއި ހދ ފިނޭ ދެތަނޑިމާގެ ފައިސަލް އާދަމްގެ އިތުރުން ސ ހިތަދޫ ސައިފަތްމާގެ އަބްދުﷲ އިހްސާންއެވެ.

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓްގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނު ފަރާތްތަކަކީ ޝަރުއީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ހިދުމަތްތެރިން ކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: