ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ތިން ޕާޓީއަކުން ފޯމު ލައިފި

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކ ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ތިން ބޭފުޅަކު ކުރިމަތިލައްވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2023 އޭޕްރިލް 15 ގައެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކޝަނެއް ބޭއްވުމަށް ނިންމާފައިވަނީ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މެންބަރު އިބްރާހިމް ރިޒާ 2މާއި ގުޅިގެންނެވެ. މި ދާއިރާގެ މެންބަރުކަމުގައި ހުންނެވި ރިޒާއަކީ ޕީޕިއެމްއަށް ނިސްބަތްވެވަޑައިގަންނާވާ މެންބަރެކެވެ.

މި ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ނަން ހުށައަޅާފައިވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިންނާއި، އިދިކޮޅު ޕީޕީއެމް އަދި އެމްއެންޕީއިންނެވެ.

11 މާރިޗުވީ ދުވަހު އެމްޑީޕީއިން ވަނީ މި ދާއިރާގެ ގޮނޑިއަށް އެ ޕާޓިއިން ވާދަކުރާނެ ކެނޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީއެއް ބާއްވާފައެވެ. ޖުމްލަ 3 ކެނޑިޑޭޓަކު ވާދަކުރި މި ޕްރައިމަރީ 311 ވޯޓާއިއެކު ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ގުރައިދޫ ދާއިރާގެ ރައީސް ޝާޒްއެވެ. ގުރައިދޫ ދާއިރާގެ ގޮނޑިއަށް އެ ޕާޓީގެ ފަރާތުން ވާދަކުރުމަށް ޕީޕީއެމް އިން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ ހަސަން ރިޒާ އެކަނިއެވެ. އެހެންކަމުން އެ ޕާޓީގެ ފަރާތުން ވާދަކުރުމަށް ހަމަޖެހިފައިވަނީ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާގެ ކޮށްކޮ ހަސަން ރިޒާއެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރުމަށް ހަމަޖެހިފައިވަނީ އަލީ އާރިފެވެ.

މި ތިން ބޭފުޅުންނަކީވެސް ސީދާ ގުރައިދޫއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: