ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްއިން ގުރައިދޫ ދާއިރާގެ ޕްރައިމަރީ އަކަށް ދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށްޓަކައި ޕްރައިމަރީއެއް ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.

ޕީޕީޢެމްގެ ފަރާތުން ބުނީ ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން މާދަމާގެ މެންދުރު ފަހު 2.30 ގެ ކުރިން ފޯމް ހުށަހަޅަންވާނެ ކަމަށެވެ.

ޕީޕީއެމްގެ ފަރާތުން ގުރައިދޫ ދާއިރާގެ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ޕްރައިމަރީ އެއް ބޭއްވުމަށް ނިންމާފައިވަނީ އެ ދާއިރާ އަށް ޝައުގުވެރިވާ ގިނަ ކެންޑިޑޭޓުން ތަކެއް ތިބިކަމަށް ލަފާކުރެވޭތީ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އެގޮތުން ޕީޕީއެމްގެ ގުރައިދޫ ދާއިރާގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ހުކުރު ދުވަހުއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަ ވުމާއި ގުޅިގެންނެވެ.

ގޮހޮރުގެ އާލާސްކަންފުޅެއްގައި މެލޭޝިޔާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެެވެ.

ރިޒާ އަވަހާރަ ވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ހުޅުވާލާފައެވެ.

މިހާތަނަށް ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިއުލާން ކޮށްފައިވަނީ ވެރިކަންކުރާ މައިޕާޓީ އެމްޑީޕީގެ އިތުރުން އެމްއެންޕީ އާއި ޕީޕީއެމް އެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް  އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ މިއަންނަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: