ސޮކަރ ވެޓެރަންސް އެސޯސިއޭޝަން މޯލްޑިސްގެ މިއަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
ދިރާގުން ބުނީ މި ޕާޓްނަރޝިޕް މެދުވެރިކޮށް ދިރާގުން އެކި ކީ ސްޓޭޖްތަކަށް ހާއްސަކޮށްގެން ބާއްވާ އިންޓަރ ސްކޫލް ފުޓްބޯޅާ މުބާރާތް، ކިޑްސް ފުޓްބޯލް ފިއެސްޓާ ބާއްވައި ފުޓްބޯޅަ ކުޅުންތެރިންގެ އައު ޖީލެއް އުފެއްދުމަށް ސޮކަރ ވެޓަރަންސް އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށް ދޭނެކަމަށެވެ.
ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ބްރޭންޑް ނާޔާ ޝަރީފް ވިދާޅުވީ ސޮކަރ ވެޓަރަންސް އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރަކަށްވެ ކުޑަކުދިންނަށް ކުޅިވަރު ކުރިއެރުވުމަށް އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށާއި ފުޓުބޯޅައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ލޯބިކުރާ ކުޅިވަރެއް ކަމަށްވުމެވެ. އަދި އެހެންކަމުން މި ޕާޓްނަރޝިޕް މެދުވެރިކޮށް ޒުވާން ފުޓުބޯޅަ ކުޅުންތެރިންގެ ތަޖުރިބާ އިތުރަށް ފުރިަހަމަކޮށްދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ނާޔާ ވިދާޅުވިއެވެ.
ސޮކަރ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަލީ ޝަމީމް ވަނީ ދިރާގުން ލިބެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ބުނީ އުއްމީދަކީ ދިރާގާއެކު ގިނަ އައު ފުޓުބޯޅަ ކުޅުންތެރިންތަކަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ.
ދިރާގަކީ ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތައް ކުރިއަރުވާ އެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އަދި މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެމުންދާ ކުންފުންޏެކެވެ.

