ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުތިޖާޖާއި އަޑު އުފުލުމުގެ މަސައްކަތްތައް ބަދަލުވެއްޖެ، މިއަދަކު މަގަށްނުކުމެއްގެން ވާނެ ފައިދާއެއް ނެތް!

ރައީސް މުހައްމަދު ނަޝީދު ގދ. ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަގުސަދުތައް ހާސިލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަހެއް އެޅޭ ފަދަ ފިޔަވަޅެއް އަޅުއްވައިފިނަމަ، ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ދެކޮޅަށް މަގުމައްޗަށް ނުކުންނަވަން ތައްޔާރަށް ހުންނެވިކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ވިދާޅުވެއްޖެއެވެ.

އެހެންނަމަވެސް ކޮމްޕްރޮމައިޒް ވާ ފަދަ ފޮޓޯތަކެއް ލިބިވަޑައިގަތް ވާހަކަ ދެއްކެވުމަށްފަހު އެ ވާހަކަތައްވެސް ފަހުން އޮޅުވާލައްވާފައިވުން އަދި ކޮންގްރެސްގައި އެމަނިކުފާނުގެ ގަރާރު އަނބުރާ ގެންދެވުމަށްވެސް މަޖުބޫރުވެގެންދިޔަކަންވެސް އެނގެން އޮތުމުން އާންމުންގެ ތެރޭގައި ގިނަ ސުވާލުތަކެއް އޮތީ އުފެދިފައެވެ.

އެމަނިކުފާނު ހަގީގަތުގައިވެސް ނުކުންނަވާފާނެކަމާއިމެދު އާންމުންގެ ތެރޭގައި ބަހުސްތައް ކުރެވެމުންދާއިރު، އެމަނިކުފާނު މިހާރު ނުކުތުމުން އެންމެ ތާއީދު ބޮޑު ދުވަސްވަރު މަގުމައްޗަށް ނިކުމެގެން ފެނިގެންދިޔަ ފަދަ ނަތީޖާތައް ފެނުމުގައި އަދި ސަރުކާރަށް ކަމެއް ބަދަލުކުރުމަށް މަޖުބޫރު ކުރުމުގައި އެމަނިކުފާނަށް ކާމިޔާބީ ހާސިލު ކުރެވިދާނެކަމާއިމެދުވެސް ސުވާލުތައް އުފައްދައެވެ.

އެމްޑީޕީގެ 2008 ވަނަ އަހަރުގެ ވެރިކަމަށް ފަހު ވޭތުވިދިޔަ އަހަރުތަކުގެ ތެރޭގައި ހަލުވި ތަރައްގީގެ ދުވެއްޔާއިއެކު ވަރަށްވެސް ބޮޑަށް ޒަމާން ބަދަލުވެ އެއާއިއެކު ރައްޔިތުންގެ އަމަލުތަކާއި ވިސްނުންތައްވެސް ބަދަލުވެއްޖެއެވެ. މިއަދު އެމްޑީޕީގެ ތެރެއިންވެސް ފެންމަތިވަމުންދާ މައްސަލަތައް ފެންމަތިވަމުންދަނީ އެ ތަފާތުތަކުގެ ސަބަބުންނެވެ.

އެމްޑީޕީއިން ދާދި ފަހުން ކުރިއަށް ގެންދިޔަ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހު ޓިކެޓު ކާމިޔާބު ކުރެއްވުމަކީ މިއަދުގެ ވިސްނުންތައް ތަފާތު ކަމުގެ ހެއްކެކެވެ. އެހެންކަމުން އެމަނިކުފާނު މަގުމައްޗަށް ނުކުތް ނަމަވެސް ދެކޮޅަށް ވޯޓު ދިން އަގުލަބިއްޔަތު އަދަދެއްގެ މީހުން އެކަމުގައި ބައިވެރިނުވާނެކަން ކަށަވަރެވެ.

އެމަނިކުފާނަށް ރިޔާސީ ޕްރައިމަރީ ކާމިޔާބު ނުކުރެއްވުނީ ރައީސް ސާލިހު ސާޅީސް ހާސް އާއި ގާތް ކުރާ އަދަދަކަށް އެމަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުން ޕާޓީގެ ދަފްތަރުން އުނިކޮށް ވޯޓު ލުމުގެ މަގު ބަންދު ކުރުމުގެ ސަބަބުންކަމަށް ބުނި ނަމަވެސް އެކަމުގެ ފަހަތުގައި ހަގީގަތެއް އޮތްކަމަށްވެސް ފެންނާކަށް ނެތެވެ.

ޕްރައިމަރީއިން ލިބިވަޑައިގަތް ނާކާމިޔާބީ އާއި ދެކޮޅަށް އަޑު އުފުލައި އިހުތިޖާޖުތަކެއް ކުރި ތަނެއް ނުފެނެއެވެ. އެމަނިކުފާނާއި އަރިސް ބައެއް ބޭފުޅުންގެ ފަރާތުން ނުރުހުންވެފައި ތިއްބެވިކަން ހާމަވެގެންދިޔަނަމަވެސް، ޕްރައިމަރީގައި ވޯޓު ދިން މީހުންވެސް އެ ނަތީޖާ ބޮއިކޮޓު ކޮށް މަގުމައްޗަށް ނުނުކުމެވެ. އަޑު އުފުލި ނަމަވެސް ފަނޑުވުމުން މިއަދު ސިޔާސީ މައިދާނުގެ ތެރޭގައި އިވެމުންދާ ވާހަކަތަކުގެ ތެރެއިން އާންމުންނާއި ހިސާބަށް ވާސިލުވެފައިނުވެއެވެ.

އެހެންކަމުން އިސްވެ ބަޔާން ކުރެވުނު ކަންކަމުން މިއަދު ރައީސް ނަޝީދު ނުކުންނެވި ނަމަވެސް ވާނެ ފައިދާ އާއިމެދު ސުވާލު އުފެދޭއިރު، ޒަމާން ބަދަލުވެ މިއަދު އިހުތިޖާޖު އަދި އަޑު އުފުލުމުގެ މަސައްކަތްތައް ކުރާ އުސޫލަށްވެސް ބޮޑެތި ބަދަލުތައް އައިސްފިއެވެ. އިހުތިޖާޖުތައް ކޮށް އަޑު އުފުލައި ހަދަނީ އެ މީހެއް ގޭގައި އޮވެ، މޯބައިލް އެޕެއް މެދުވެރިވެ ޗެޓް ރޫމެއްގައެވެ. ކްލަބް ހައުސް ފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށެ.

އުފެދޭ މައްސަލަތައް ހައްލު ކުރުމުގައި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅާ މަންޒަރު ފެނިގެން ނުދަނީވެސް އެހެންކަމުންކަމަށް ވެދާނެއެވެ. އާންމުން އެކަންޏެއް ނޫނެވެ. ސަރުކާރު އިސްވެރިންވެސް މިއަދު ނޫސްވެރިންނާއި ބައްދަލު ކުރުމުގެ ބަދަލުގައި ޓްވިޓާރ މެދުވެރިކޮށް މައުލޫމާތުތައް ހިއްސާ ކުރުމުގެ މަސައްކަތްތައްވެސް ކުރާކަން ފާހަގަކުރެވެއެވެ.

މަޖިލީސް މެމްބަރުންވެސް އެފަދަ އެވެ. މަޖިލީހުގެ ތަޅުމުގައި ބައްދަލުވުންތައް ބޭއްވި ނަމަވެސް އެ ވަގުތުތައް ޒާތީ މަސްލަހަތައްޓަކައި ބޭނުންކުރުމަށްފަހު ގައުމުގެ މުހިންމު ކަންކަމާއިމެދު ކަންބޮޑުވުން ފާޅުކުރުން ނުވަތަ އެކަމާއި ގުޅޭ ގޮތުން އާންމުންނާއި މައުލޫމާތުތައް ހިއްސާ ކުރުމާއި އެހެނިހެން މެމްބަރުންގެ ދެމެދު އިލްމީ ބަހުސްތައް ކުރުމުގެ މަސައްކަތްތައް ކުރަމުންދަނީ ސޯޝަލް މީޑިއާގައެވެ.

އެހެންކަމުން މިއަދު ރައީސް ނަޝީދު ހުންނެވީ އިހުގައި ތާއީދު އޮތް މިންގަނޑާއި ވަރަށްވެސް ދުރުގައިކަމަށްވާއިރު، ޒަމާނާއިއެކު އައިސްފައިވާ ބަދަލުތަކުގެ ސަބަބުންވެސް އެމަނިކުފާނަށްވެސް މަގުތައް މަތިން ނަތީޖާއެއް ނެރެވިދާނެކަމަށް ބުނެވޭކަށް ނެތެވެ. އަދި މިހާރު އޮތް ސަރުކާރުގެ އެތައް މައްސަލައެއް އެތައް ފުރުސަތެއްގައި ފާހަގަކޮށްފައިވާއިރުވެސް މީގެ ކުރިންވެސް މަގުތައް މައްޗަށް ނުކުންނަވާފައިނުވާތީ އެމަނިކުފާނަށް ރައީސް ސާލިހާއި ސީދާ ގޮތެއްގައި ކުރިމަތިލައްވަން ކެރިވަޑައިނުގަންނަނީ ތޯވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: