ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރެންދޫ ހައުސިން ޔުނިޓުގެ މަސައްކަތް 95 މިލިއަނަށް އެސްޖޭއަށް!

ކުރެންދޫގައި ހައުސިން ޔުނިޓު އެޅުމަށް އެސްޖޭއާ ހަވާލުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޅ. ކުރެންދޫގައި 50 ފްލެޓު އެޅުމަށް އެސްޖޭ ޓްރޭޑް އެންޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި އެސްޖީގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމެވެ.

އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލު ކުރި މި މަޝްރޫއުއަށް ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުން 95.9 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.

މިނިސްޓްރީން ބުނެފައި ވަނީ މަޝްރޫއުގެ ދަށުން އަޅާ ކޮންމެ ފްލެޓެއްގައި 03 ކޮޓަރި އާއި 03 ފާހަނާ އަދި ސިޓިންރޫމާއި ބަދިގެ އަދި ލޯންޑްރީ އާއި ގުދަނެއް ހުންނާނެ ކަމަށެވެ. އަދި ލިފްޓު ހުންނާނެކަން ވަނީ ފާހަގަކޮށްފަ އެވެ.

މީގެއިތުރުން ފްލެޓުތައް ތަރައްގީ ކުރާނީ އިމާރާތުގެ ގްރައުންޑް ފްލޯ ވިޔަފާރިތަކަށް ބޭނުން ކުރެވޭ ގޮތަށެވެ. އަދި ބިލްޑިން ސާވިސް އޭރިއާއަކާއި އެކު ޕާކު ކުރުމަށް ވެސް ހާއްސަ ސަރަހައްދެއް ކަނޑައެޅިފައި ހުންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: