ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަނޑު ކުރި މަހުގެ ބޮޑު އިންސައްތައެއް އެކްސްޕޯޓު ކުރަނީ ތައިލެންޑަށް

ފޮޓޯ: އަވަސް އޮންލައިން--- ފެލިވަރުގެ މަސް ބަންދު ކުރުން ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ޓުއާރގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން އެކްސްޕޯޓު ކުރާ މަހުގެ 70 އިންސައްތައަކީ ޖުމްލަ ބަރުދަނުގެ ނިސްބަތުން ގަނޑު ކުރި މަހުގެ ގޮތުގައި ތައިލެންޑަށް ވިއްކާ މަސްކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މަސްވެރިކަމާއި ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކާއި ޝަކުވާތައް އިތުރުވަމުންދާކަން ފާހަގަކޮށް މެމްބަރު އިބްރާހިމް ރަޝީދު ސުވާލު ކުރައްވާފައި ވަނީ ރާއްޖެއިން އެކްސްޕޯޓު ކުރާ މަހުގެ 70 އިންސައްތައަކީ ގަނަޑު ކުރި މަހުގެ ގޮތުގައި ތައިލެންޑަށް ވިއްކާ މަސްކަން 2019 ގެ ތަފާސް ހިސާބުތަކުން ދައްކާއިރު މިދިޔަ ތިން އަހަރުގެ ތެރޭގައި އެ ހިސާބުތައް ހުރީ ކިހާ ހިސާބެއްގައި ތޯ އެވެ. އަދި މިހާރު ގަނޑު ކުރި މަހުގެ ގޮތުގައި ރާއްޖެއަށް މަސް އެކްސްޕޯޓު ކުރާ ގައުމުތަކަކީ ކޮބައިތޯ އާއި، އޭގެ މިންވަރަކީ ކޮބައިކަން ސާފުކޮށްދިނުމަށް މެމްބަރު ވަނީ ހުށަހަޅުއްވާފަ އެވެ.

މިއާއި އެކު ރިޖެކްޝަން ލެވެލް އާއި ގުޅޭ މައުލޫމާތު ދިނުމަށް ވެސް ސުވާލުގައި ވެއެވެ.

ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން އެކްސްޕޯޓު ކުރާ މަހުގެ 70 އިންސައްތައަކީ ރާއްޖެއިން މަސް އެކްސްޕޯޓު ކުރި ޖުމްލަ ބަރުދަނުގެ ނިސްބަތުން ގަނޑު ކުރި މަހުގެ ގޮތުގައި ތައިލެންޑަށް ވިއްކާ މަސްކަން 2019 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އަދި ރާއްޖެއިން މަސް އެކްސްޕޯޓު ކުރި ޖުމްލަ ބަރުދަނުގެ ނިސްބަތުން ފާއިތުވި 03 އަހަރު ތައިލެންޑަށް ވިއްކި ގަނޑު ކުރި މަހުގެ ނިސްބަތް ހުރީ 59 އިންސައްތަ އާއި 69 އިންސައްތައިގެ ދެމެދުގައިކަން ފާހަގަ ކުރި އެވެ.

އެގޮތުން މިނިސްޓަރު ހިއްސާ ކުރެއްވި ލިސްޓުގައި ވަނީ، 2019 ގައި އެކްސްޕޯޓު ކުރީ 59 އިންސައްތަ ކަމަށެވެ. އަދި އޭގެ ޖެހިގެން އައި އަހަރު 69 އިންސައްތަ ކިލޯ ގްރާމުން 69 އިންސައްތައަށް އަރާއިރު 2021 ގައި އެ އަދަދު ހުރީ 68 އިންސައްތައިގަ އެވެ.

ގަނޑު ކުރި މަހުގެ ގޮތުގައި ރާއްޖޭން މަސް އެކްސްޕޯޓު ކުރާ ގައުމުތަކާއި، މިންވަރު އެކުލެވޭ ތާވަލުގައި ހިމެނޭ ގައުމުތަކަކީ ކެނޑާ، ކޮލަމްބިއާ، ކޮސްޓަރިކާ، އިކުއެޑާ، ފްރާންސް، އަދި އިންޑިއާގެ އިތުރުން އިޓަލީ އާއި ޖަޕާން އަދި ކޮރެއާ އާއި މޮރީޝަސްގެ އިތުރުން ނެދަލެންޑްސް އާއި ފިލިޕީންސް، ރަޝިއާ، ސާބިއާ، ސްޕެއިން، ސްރީލަންކާ ތައިލެންޑް، ޔޫއޭއީ އަދި ޔޫއެސްގެ އިތުރުން ވިއެޓްނާމް އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: