ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީއިން ކޯލިޝަން އާއި ގުޅޭ އެއްވެސް ރަސްމީ މަޝްވަރާއެއް އަދި ނުކުރޭ!

ރައީސް އިބްރާޙިމް މުހައްމަދު ސާލިހް އާއި ކުރީގެ ރައިސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް ޖުމްހުރީ ޕާޓީ (ޖޭޕީ) އިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކޯލިޝަން އެކުލަވާލުމަށް އެއްވެސް ފަރާތަކާއިއެކު ރަސްމީ މަޝްވަރާއެއް ކޮށްފައިނުވާކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕާޓީގެ ފަރާތުން ވަކި ކެނޑިޑޭޓަކު ނެރެ ވާދަކުރުމަށް ނިންމާފައިވާ ޖުމްހޫރީ ޕާޓީއިން އިންތިހާބަށް ވަމުންދާ ތައްޔާރީތަކައި ގުޅިގެން ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ސުވާލުކުރުމުން ސައުދު ވިދާޅުވީ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީއާއިއެކު ވާދަކުރުމާއި ގުޅޭ ގޮތުން ރަސްމީ ގޮތެއްގައި އަދި އެއްވެސް ޕާޓީއަކާއިއެކު މަޝްވަރާ ކޮށްފައިނުވާނެކަމަށެވެ.

ނަމަވެސް ޕާޓީގެ ލީޑަރު އެކިއެކި ބޭފުޅުންނާއިއެކު ބައްދަލުކުރައްވަމުން ގެންދަވާކަމަށް މީޑިއާތަކުން ރިޕޯޓުކުރާކަމަށާއި، އެއީ ޕާޓީގެ ލީޑަރަށް ދެއްވާފައިވާ އިހުތިޔާރުގެ ތެރެއިންކަމަށް ވިދާޅުވިއެވެ. އެ ވާހަކަތައް ޕާޓީގެ އެހެން އިސް ފަރާތްތަކާއި ހަމައަށް އެމަނިކުފާނު ގެންނަވާނީ އެކަންކަން ވަރަށް ބޮޑަށް ސާފުވުމުންކަމަށް ގަބޫލުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. ގާސިމްއަށް އެ އިހުތިޔާރާއި ބާރުތައް ކައުންސިލުން ދެއްވި ސަބަބެއްކަމަށް ސައުދު ވިދާޅުވީ ގާސިމް ޕާޓީގައި ހުރި އެންމެ އިސް ފަރާތަށްވުމެވެ.

އަޅުގަނޑުމެން އެބަ ފެނޭ، ކުދި ޕާޓީތަކަށްވިއަސް އަދި ރާއްޖޭގެ އިންފުލުއެންސް ބޭފުޅުންނާއިއެކު މަޝްވަރާކުރަމުންދާކަން. އެހެންވީމަ އަޅުގަނޑުމެންނަށް ހީވަނީ، މުސްތަގުބަލުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެއީ ކޮންކޮން ބައެއްކަން އެނގިގެންދާނެކަމަށް.

ސައުދު ވިދާޅުވީ ޖުމްހޫރީ ޕާޓިއާއިއެކުގައި އިންތިހާބުގައި ވާދަކުރައްވާނީ ކޮންކޮން ބައެއްކަން އޭޕްރީލް މަހުގެ ތެރޭގައި އެނގިގެންދާނެކަމަށެވެ. ސައުދު ފާހަގަކުރީ އެހެން ޕާޓިތަކާއިއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށްފަހު ހިޔާލުތައް އެއްކޮށްގެން ކައުންސިލަށް ހުށައެޅުމަށް ގާސިމް ވިދާޅުވިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: