ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު އޮތީ ހުދުމުހުތާރު ވެރިކަމެއް، ޒިންމާ ކުރެވޭވަރަށް ވުރެ ވެސް ހާލަތު ގޯސް: ވައްޑޭ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެގައި ކޮރަޕްޝަނުގެ އަމަލުތައް ގިނަވެ މިހާރު ފެންނަމުން ދަނީ ހުދުމުހުތާރު ބޯދާ ސަގާފަތެއްކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުއްވެޖެ އެވެ.

ސަރުކާރު ކުންފުނިތައް ރެގިއުލޭޓުކޮށް މޮނީޓާރ ކުރެވޭނެ ގާނޫނެއް ގެނައުމަށް ގޮވާލައި އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރަށް ތައީދު ކުރައްވައި ވަހީދު ވިދާޅުވީ ސަރުކާރު ދިފާއު ކުރުމަށްޓަކައި ބައެއް މެމްބަރުން ވާހަކަ ދައްކަވަނީ ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ކުންފުނިތައް އޮޅުވާލައިގެން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރިޔަށް ދާ ކުންފުނިތަކާއި ބެހޭ ގާނޫނައި އިލްޔާސް ހުށަހެޅުއްވި ގަރާރު ތަފާތުކަން ވަހީދު ފާހަގަ ކުރެއްވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ޖަވާބުދާރީ ކުރުވައި، ޒިންމާއަށް ރުޖޫއަ ކުރެވޭ ހާލަތަށް ވުރެ ދަށަށް ގޮސްފައިވާއިރު ވަހީދު ވިދާޅުވި ގޮތުގައި އެކަމުގެ ޒިންމާ ނަގަން ބޭނުންވާ ބަޔަކު ނެތެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނިކުމެ، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލު ކުރުމަށް ބޭނުން ވީ 30 އަހަރަށް ދިގުދެމިގެން ދިޔަ ސަރުކާރެއްގައި ޑިމޮކްޓްރެޓިކް ނޫން އެތައް ސިފަތަކެއް އާއްމުވާން ފެށުމުންކަމަށް ވަހީދު ވިދާޅުވި އެވެ. އެކަން ބަދަލު ކުރުމުގެ އަޒުމާއި އެކު ކުރި މަސައްކަތްތަކަށް ފަހު، މިއަދު އަނެއްކާވެސް ހާލަތަށް ބެލުމުން ފެންނަނީ އެއަށް ވުރެ ގޯސް މަންޒަރުތަކެއްކަމަށް ވަހީދު ވިދާޅުވި އެވެ.

”ކުންފުނިތަކުގެ ގަވަނަންސް.. ހިންގުން އެއަށް ވުރެ ގޯސް.. މިސާލަކަށް އެންމެ ކަމެއް ދަންނަވާލާނަން.. ސަރުކާރު ހިއްސާވާ ކުންފުނިތައް އާއްމުކޮށް މި އިންނަނީ ވަކި މަސައްކަތްތަކެއް ކުރަން، ވަކި ކަމަކަށް އުފައްދާފައި.. މިސާލަކަށް، އެމްޑަބްލިއުއެސްސީ.. ފެނާއި ނަރުދަމާގެ ކަންކަން ބަލަހައްޓަން.. މިއަދު އެބަ ފެނޭ އެ ކުންފުނިން ކަރަންޓު ދޭތަން.. ކަރަންޓު ކުންފުނިން ބޯހިޔާވަހިކަން ފޯރުކޮށްދޭތަން.. ފެނަކައަކީ އައިސް ޕްލާންޓު އަޅާތަނަކަށް ވެފައި އޮތްތަން…“

ސަރުކާރުތެރެއިން މިހާރު ފެންނަމުން ދަނީ ހުދުމުހުތާރު ބޯދާ ސަގާފަތެއްކަމަށް ސިފަކުރައްވައި ވަހީދު ވިދާޅުވީ މިއަދު ދައުލަތް ވެފައި އޮތީ އިޔާދަ ކުރުވަނި ވަސީލަތަކަށް ކަމަށެވެ.

ސިވިލް ސާވިސް މުވައްޒަފުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރަން ޖެހުނު ނަމަވެސް އެކި ކުންފުނިތައް އުފައްދައި އެއްވެސް ހައްދެއް އަދި އިމެއް ނެތް މިންވަރަށް ވަޒީފާތައް އުފައްދައި އެންމެ ކުރީގައި އޮތް ޕަބްލިކް ސާވިސް ޑިވިޜަންއަށް ހާލަތު ގޮސްފައިވާކަމަށް ވަހީދު ވިދާޅުވި އެވެ.

”އަޅުގަނޑުމެންނަށް މި ފެންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް އުފައްދައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި.. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ކުރީގެ އަތޮޅު އޮފީސްތައް ހިންގި އުސޫލުން މި ކުންފުނިތަކުގެ މުވައްޒަފުންލައްވައި ސިޔާސީ މަސައްކަތް ކުރުވަމުން ދާތަން..“ ވަހީދު

މަގު ހެދުމުގެ މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި އަލުން އާރުޑީސީ މި ސަރުކާރުން އުފައްދައި 15 ރަށެއްގެ މަގުގެ މަޝްރޫއު ހަވާލުލު ކުރިއިރު އެ މަސައްކަތަށް ބޭނުންވާ އެންމެ އަސާސީ ވަސީލަތް، ތާރު ވެސް ނެތްކަމަށް ވަހީދު ވިދާޅުވި އެވެ.

”15 މަޝްރޫއުގެ ތެރެއިން ބޮޑު މަޝްރޫއުއަކަށް މި ކިޔަނީ އަމީނީ މަގުގެ މަސައްކަތް.. ރިޕޯޓުގައި އެބައޮތް ކޮންމެ ސެގްމަންޓެއް ދިހަ ދުވަހުން ނިންމާނެ ކަމަށް.. އެކަމަކު ފުރަތަމަ ސެގްމެންޓު ނިންމާލަން ބަރާބަރު ހަ މަސް ދުވަސް.. އަދި މަޝްރޫއު ނިންމާފަ.. ކަންވީ ގޮތް.. ތާޖު މަހަލް ހުޅުވާލީ.. ނެތްވަރަށް ފޮޓޯގްރާފަރުންނާއި، ވީޑިއޯ ގްރާފަރުން ލައިގެން ސެގްމަންޓު ހުޅުވާލީ….“ ވަހީދު

އާރުޑީސީގެ ތިޖޫރީ ވަގަށް ނަގާ މައްސަލަ އާއްމުވެފައިވާއިރު، އެ މައްސަލަ ނުބެލޭ ސަބަބާއި މެދު ވަހީދު ސުވާލު އުފެއްދި އެވެ.

”ފަހަރެއްގައި ވެދާނެ ރަނގަޅަށް ވަޑާން ކުރައްވާ ބޭފުޅުން އެތާނގައި އެ ތިއްބަވަނީ.. ރަނގަޅަށް ފުރާޅު ހަދާލެވޭނެހާ ބުއްދިއެއް އެބޭފުޅުންގެ ނެތް…“ ވަހީދު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ގިނަވެފައިވާކަމަށް ބުނެ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ދަނީ ރައީސަށް ފާޑުކިއުން އަމާޒު ކުރަމުންނެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް، ކުންފުނިތަކުގައި ނެތް ވަޒީފާތައް އުފައްދައި އެހެން މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުން ގެންދާކަމުގެ ތުހުމަތުތައް ވަނީ އަމާޒުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: