ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ސެކިއުރިޓީ ކޮމާންޑިންގ އޮފިސަރު ސަސްޕެންޑް ކޮށްފި

ކާނަލް އަބްދުﷲ އިބްރާހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ މޮޓޯ ކޭޑަށް އިދިކޮޅުން ހުރަސްއެޅި މައްސަލައިގައި އެމަނިކުފާނުގެ ސަލާމަތީ ކަންކަމާ ހަވާލްވެ ހުރި ކާނަލް އަބްދުﷲ އިބްރާޙިމް މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާއިން އެކަހެރިކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ރައީސްގެ ސަލާމަތީ ކަންކަން މިހާރު ހަވާލުކޮށްފައިވަނީ ޑެޕިއުޓީ ކޮމާންޑަރު މޭޖަރ އިބްރާހިމް ހަލީމް އާ ކަމަށެވެ.

މޮޓޯކޭޑަށް ހުރަސްއެޅުމާއި ގުޅިގެން ހިނގައިދިޔަ ކަންކަން ބެލުމަށް ކޮމިޓީއެއް އެކުލަވާލާފައިވާއިރު މި ކޮމިޓީއަކީ އެމްއެންޑީއެފްގެ ލީޑަރޝިޕް މަޝްވަރާގެ މަތިން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އުފެއްދެވި ކޮމިޓީއެއް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްގެ ފަރާތުން ރައީސްގެ ސަލާމަތީ ކަންކަމާއިބެހޭ އިސްވެރިޔާ ކާނަލް އަބްދުﷲ އިބްރާޙިމް މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުން އެކަހެރިކޮށް ޔުނިޓް ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމާންޑަރު މޭޖާ އިބްރާޙިމް ހަލީމް އާއި ހަވާލުކޮށްފައިވަނީ މިފަދަ ހާދިސާ ތަކުގައި އަމަލުކުރަމުންދާ އާއްމު އުސޫލުގެ ތެރެއިން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ރޭ ހުޅުމާލެގައި އޮތް ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާއަށްފަހު ރައީސް ސާލިހު މުލިއާގެއަށް ވަޑައިގެން އިރު، ދަތުރުކޮށްފައިވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް/ޕީއެންސީގެ މެންބަރުން އާންމު ގޮތެއްގައިވެސް މުޒާހަރާކުރާ ސަރަހައްދުންނެވެ. އެއާއިއެކު މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ސާލިހުގެ މޮޓޯކޭޑަށް ހުރަސް އަޅާ، މޮޓޯ ކޭޑު ހުއްޓުވާ އަޑުގަދަކޮށްފައެވެ. ރައީސްގެ ބޮޑީގާޑުންނާއި ހަތިޔާރު އެޅި ސިފައިން އެކަން ހުއްޓުވުމަށް ވަގުތުން މަސައްކަތްކުރި ނަމަވެސް މުޒާހަރާގެ ބައިވެރިން މޮޓޯކޭޑް ދިއުމަށް ފުރުސަތުދީފައެއްނުވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: