ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބު މޮނީޓާކުރުމަށް ޝައުގުވެރިވާ ބޭރުގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާސް ގުނުމުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބު މޮނީޓާކުރުމަށް ޝައުގުވެރިވާ ބޭރުގެ ޖަމިއްޔާތަކާއި، ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނު (އީސީ) އިން ހުޅުވާލައިފިއެވެ.

އީސީއިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ބައިނަލްއަގުވާމީ އަބްޒާވަރުންނާއި މޮނީޓަރުންނަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ހިންގާނެއެވެ. އަދި އިންތިހާބު މޮނީޓާކުރުމުގެ ފާސް ދޭނީ އެ ތަމްރީން ޕްރޮގްރާމު ފުރިހަމަކުރުމުންކަމަށް އީސީ އިން ބުނެފައިވެއެވެ.

އީސީއިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަން ބޭނުންވާ އޮބްޒާވަރުންނާއި މޮނީޓަރުން އެކަމުގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭނީ އަމިއްލައަށްކަމަށެވެ. އޮބްޒާވަރުން ރާއްޖެ އަންނަ ހިސާބުން ފެށިގެން ފުރައިގެން ދިއުމާ ހަމައަށް ކުރަން ޖެހޭ ހުރިހާ ހަރަދެއްވެސް ކުރަން ޖެހެނީ އަމިއްލައަށެވެ. އެގޮތުން ވިސާ އަދި އިންޝުއަރެންސްގެ ޒިންމާ އިލެކްޝަންސް ކޮމިޝަނުން ނުގަނާނެކަމަށް އީސީއިން ވަނީ ބުނެފައެވެ. އެ ޒިންމާ އުފުލަން ޖެހެނީ އޮބްޒާވަރު އަމިއްލައަށް ނުވަތަ، އޭނާ ނިސްބަތްވާ މުއައްސަސާއަކުންކަމަށް އީސީއިން ބުނެފައިވެއެވެ.

މީގެ އިތުރުން ނަން ހުށައަޅާ މޮނީޓަރ ބައިނަލްއަގްވާމީ ޖަމިއްޔާއަކަށް ނިސްބަތްވާ ފަރާތަކަށްވާންޖެހޭނެކަމަށް އީސީއިން ވަނީ ބުނެފައެވެ. އަދި އެ ފަރާތްތަކަކީ ރަސްމީކޯށް އިންތިހާބު މޮނީޓާ ކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށްވެސް ވާނެޖެހޭނެކަމަށް ބުނެފައިވެއެވެ. އޮބްޒާވަރުންގެ ގޮތުގައި ނަ ން ހުށައަޅާ ފަރާތަކީ 18 އަހަރު ފުރިފައިވާ ފަރާތަކަށްވާންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: