ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޑަވެލި ހޯނޑެއްދޫ ބްރިޖްތަކުގެ އަމަލީ މަސައްކަތް ފަށައިފި

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ މަސައްކަތް
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. މަޑަވެލި – ހޯނޑެއްދޫ ކޯސްޒޭއަކުން ގުޅުވާލުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިޔަށް ގެންދާ މި މަޝްރޫއުގެ މަސައްކަތުގައި ހިމެނޭ ސައިޓްގެ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ފަށާފަ އެވެ.

އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލާ ގޮތަށް ހަވާލު ކުރި މި މަޝްރޫއަށް 84 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

އެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ކުރިޔަށް ގެންގޮސްފައި ވަނީ، މަޑަވެއްޔާއި، ހޯޑެއްދޫ އަދި ދެ ފަޅުރަށުގެ ކޯޒްވޭއަށް ބޭނުންވާ މަގުތައް ސާފު ކުރުމުގެ މަސައްކަތްތަކެވެ. އަދި މިދިޔަ ބުދަ ދުވަހު، ރަށްތަކުގެ ދެމެދުގައި އަޅާ ބްރިޖުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރެވެ އެވެ.

މަޝްރޫއުގެ މައުލޫމާތުތައް ހިއްސާކޮށް އެމްޓީސީސީން ބުނީ، މި ކޯޒްވޭގެ ދަށުން އޮއި ދެމޭނެހެން އަދި ކޯޒްވޭމަތީން ހެވީ ވެހިކަލްތަކަށް ދަތުރު ކުރެވޭ ފެންވަރަށް ތަރައްގީ ކުރެވޭނެ ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތައް ލިބިގެންދާނެކަން އެމްޓީސީސީން ވަނީ ފާހަގަކޮށްފަ އެވެ.

އެމްޓީސީސީން ބުނެފައި ވަނީ ކޯޒްވޭ މިހާރު ޕްލޭން ކުރެވިފައިވާ މުއްދަތުގެ ތެރޭގައި ނިމި، ރައްޔިތުންނަށް ހިދުމަތްތައް ލިބެން ފަށާއިރު މިހާރު ތަޖުރިބާ ކުރަން ޖެހިފައިވާ ރަށްގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 223 މީޓަރުގެ ބްރިޖަކުން މަޑަވެލި އާއި ހާދޫ އަދި 160 މީޓަރުގެ ބްރިޖަކުން ހާދޫ އާއި ހޯނޑެއްދޫ ގުޅުވާލާނެ އެވެ. އެއަށް ފަހު 262 މީޓަރުގެ މަގެއް ހެދުމަށް ފަހު 65 މީޓަރުގެ ހަތަރު ރިވެޓްމަންޓު ގާއިމު ކުރާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: