ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް ރައީސާއި ނައިބު ރައީސް އެއްވަގުތެއްގައި ޗުއްޓީއަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ނައިބު ރައީސް އީވާ އަބްދުﷲ އެއްވަގުތެއްގައި ޗުއްޓީއަށް ވަޑައިގެންފި އެވެ.

ރޯދަ މަހު މަޖިލީހުގެ ޖަލްސާތަށް ފެށިއިރު، ރިޔާސަތު ބަލަހައްޓަވަނީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އެއީ ރައީސް ނަޝީދާއި އީވާ ޗުއްޓީގައި ތިއްބެވުމުގެ ސަބަބުންނެވެ. ދެބޭފުޅުން ވެސް މިވަގުތު ތިއްބެވީ ރާއްޖެއިން ބޭރުގަ އެވެ.

މަޖިލީހުގެ ރައީސް ނެތް ހާލަތެއްގައި، ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ނައިބު ރައީސެވެ. ނަމަވެސް ދެ ބޭފުޅުން ވެސް ޗުއްޓީގައި ތިއްބެވުމުގެ ސަބަބުން މި ހަފްތާގެ ދެ ދުވަހު ވެސް ރިޔާސަތު ބެލެހެއްޓެވީ އަފީފެވެ.

ރައީސާއި ނައިބު ރައީސަށް އެއްފަހަރާ ޗުއްޓީއަށް ނުދެވޭނެކަމަށް ބުނާ ގަވައިދެއް ނެތް ނަމަވެސް، މިއީ ދުނިޔޭގެ ގައުމުތަކުގެ ބެސްޓް ޕްރެކްޓިސްއެއް ނޫނެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި، މިއީ އެއް އާއިލާއެއްގެ ބޭފުޅުންނަށް ދައުލަތުގެ ބާރުތަކުގެ ތެރެއިން ބާރުތައް ދިނުމުގެ ސަބަބުން ނިކުމެދާނެ ނަތީޖާ އެވެ. އަދި އެކަމަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވާކަން ވެސް ފާހަގަ ކުރެވެ އެވެ.

ވަރަށް ގަދަ
27%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 36%ވަރަށް ދެރަ 27%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: