ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް ގާސިމްގެ އަރިސް ބަޔަކު ޖޭޕީއިން ވަކިވާން އެބަ ތައްޔާރުވޭ: ރާއީ

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ސަރުކާރުގެ އިސްވެރިންނާއި ވަޒީރުންތަކެއް މިރޭ 12:00 ގެ ކުރިން އިސްތިއުފާ ދެއްވުމަށް ތައްޔާރުވަމުންދާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ނައިފަރު ދާއިރާގެ ފެނާއި ނަރުދަމާ ނިޒާމާއި ގުޅޭގޮތުން މެމްބަރު އަހުމަދު ޝިޔާމް ހުށައެޅުއްވި ހުށައެޅުއްވުމާއިމެދު ވާހަކަދައްކަވަމުން އޭނާވަނީ ޝިޔާމްއަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. އޭނާ ސިފަކުރެއްވި ގޮތުން އެ ދާއިރާގެ ކަންކަން މިހާތަނަށް ފުރިހަމަވެފައިނުވަނީ މެމްބަރު ޝިޔާމްގެ އަމަލުތައް ބައްޓަންކޮށްފައި ހުރި ގޮތުގެ ސަބަބުންނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ނައިފަރު ދާއިރާއަށް ތަރައްގީތަކެއް ގެނެސްދެއްވަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ، އޭނާ އިތުރު ނުކުތާއެއްވެސް ފާހަގަކުރައްވަން އޮތްކަމަށެވެ. ދާދި ފަހުން ގާސިމްވަނީ ރައީސް ސާލިހުގެ ދައުރުގައި ހަމަޖެހުން ލިބިވަޑައިގެންނެވިކަމަށް އެއްބަސްވެވަޑައިގެންފައިކަމަށް ރާއީ އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެހެންކަމުން މާދަމާ ޖޭޕީގެ ރިޔާސީ ކެނޑިޑެސީ ހުށައެޅުމުން ކަންކަން ވެގެންދާނެ ގޮތާއިމެދު ގިނަ ސުވާލުތައް އުފެދިގެންދާކަމަށެވެ.

ރާއީ ވިދާޅުވީ، މިހާރުވެސް ގާސިމްގެ އަރިސް ބޭފުޅުންގެ ގޮތުގައި ތިއްބެވި އިލްމީ ބައެއް ވަޒީރުންވަނީ ސަރުކާރާއި އެއްކޮށް މަސައްކަތްކުރުމަށްޓަކައި ޖުމްހޫރީ ޕާޓީއިން އިސްތިއުފާ ދެއްވާފައިކަމަށެވެ. އަދި މިއަދު އިތުރު ޖޭޕީގެ މެމްބަރުންތަކެއް އެ ޕާޓީ އިން އިސްތިއުފާ ދިނުމަށް މަސައްކަތްތައް ކުރަމުންދާކަމަށް މައުލޫމާތު ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެކަން އެގޮތަށް ކުރަމުންދަނީ ރައީސް ސާލިހުގެ ސަރުކާރާއިއެކު މަސައްކަތްތައް ކުރުމަށް އެ މެމްބަރުން އެދޭތީކަމަށެވެ.

އޭނާ ވިދާޅުވީ، ޖޭޕީގެ ސްލޮޓުތަކުގައި ގިނަ އަދަދެއްގެ މީހުން ސަރުކާރު މަގާމުތަކުގައި ތިއްބެވިކަމަށެވެ. އޭނާ ވިދާޅުވީ މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން ސަރުކާރު މުއައްސަސާތަކުގެ އެހެނިހެން އިސް މަގާމުތަކުގައިވެސް ޖޭޕީގެ މެމްބަރުން ތިއްބެވިކަމަށެވެ. އެހެންކަމުން އެ މެމްބަރުންގެ ކުރިމަގާއިމެދު ގާސިމް ވިސްނާވަޑައިގަންނަވަންޖެހޭ ނޫން ތޯ އޭނާ ސުވާލު ކުރެއްވިއެވެ.

ރާއީ ވިދާޅުވީ، ގައުމާއިމެދުވެސް ވިސްނަންޖެހޭކަމަށެވެ. އަދި ގާސިމް އަމިއްލަ ނަފްސާއިމެދުވެސް ވިސްނާވަޑައިގަންނަވަންޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ގާސިމްގެ ވިޔަފާރިއާއިމެދުވެސް ވިސްނާވަޑައިގަންނަވަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ރައީ ވިދާޅުވީ، ވޭތުދިޔަ ދުވަސްތަކުގެ އެހެނިހެން މީހުންވަނީ ގާސިމްގެ ދިފާއުގައި ތިއްބަވާފައިކަމަށެވެ. އަދި މިހާރު ހިންގަވަމުންދާ މަގުން ގާސިމް އެކަނިވެވަޑައިގަންނަވާނެކަން އޭނާއަށް ކަށަވަރުކަމަށާއި އެހެންނަމަވެސް ކެނޑިޑަސީ އަނބުރާ ގެންދިއުމަށްފަހު ސަރުކާރާއިއެކު ކުރިއަށް ވަޑައިގަތުމަށް ނިންމުމުން މަޖިލީހުގެ ސަރުކާރު ފެކްޝަނުން ދިފާއުކުރާނެކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގާސިމް ފަހަތަށް ޖެހިވަޑައިގެން މިހާރު އޮތް ސަރުކާރާއިއެކު ކުރިއަށް ވަޑައިގަތުމަށް ނިންމެވުމަކީ ރަނގަޅު ނިންމުމެއްގެ ގޮތުގައި އޭނާ ދެކިވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، ޖޭޕީ ނުލާވެސް ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރެވޭނެކަން ރައީސް ސާލިހާއިއެކު ގުޅިފައިވާ ޕާޓީތަކުން ބުނަމުންދާކަމަށެވެ. އަދި އޭނާއަށްވެސް އެކަމާއިމެދު ފުރިހަމަ ޔަގީންކަން އޮތްކަމަށް ރާއީ ހާމަކުރެއްވިއެވެ.  އެހެންނަމަވެސް ޖުމްހޫރީ ޕާޓީގެ ތާއީދު ނެތުމުގެ ސަބަބުން އިންތިހާބުގައި ދަތިތަކެއް ހުންނާކަން ގަބޫލުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދަތިތަކާއިއެކުވެސް ރައީސް ސާލިހުގެ ކޯލިޝަނުންދަނީ ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: