ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަކި ރަށެއް ވަކި ރައްޔިތެއް ނުބަލައި މުޅި ދިވެހިރާއްޖެ ތަރައްގީ ކުރައްވަމުން ގެންދަވާކަމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ގަބޫލުކުރާކަމަށް ށ. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕެއިން ޓީމުގެ ފަރާތުން ރޭ ނ. ވެލިދޫގައި ބޭއްވި “އިބޫ 2023”ޖަލްސާގައި ވާހަކަދައްކަވަމުން ރިޒާ ވިދާޅުވީ އެމްޑީޕީގެ އެންމެ މުހިންމު ސިޔާސަތަކީ ދިވެހި ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދިނުންކަމަށެވެ. އަދި މިއީ އެމްޑީޕީއިން އަބަދު ދައްކާ ވާހަކަކަމަށް އޭނާ ވިދާޅުވިއެވެ.
ރިޒާ އަލިއަޅުއްވާލެއްވީ ބައެއް ބޭފުޅުން ފާޑުކިޔުން އަމާޒުކުރަމުންދާ މި ސަރުކާރުގެ ސިޔާސަތެއްކަމަށްވާ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ތަރައްގީ ގެނައުމުގެ ސިޔާސަތަށެވެ. އޭނާ ވިދާޅުވީ ކުޑަ ރަށްވެސް ހިމެނެނީ ރާއްޖޭގެ މި ބައްރުގެ ތެރޭގައިކަމަށާއި، އަދި ރާއްޖޭގެ އެންމެ ބޮޑު ރަށްވެސް އޮތީ ރާއްޖޭގެ އިހުތިސާސްގެ ތެރޭގައެވެ.
ކުޑަ ރަށުގެ ރައްޔިތުންނަށް ނަރުދަމާ އަޅައިދިނީމަ ކަމަކު ނުދެޔޯ، ބޯފެން ހޯދައި ދިނީމަ ކަމަކު ނުދެޔޯ، ކުޑަ ރަށަށް ބަނދަރެއް ބޭނުމެއް ނުވެޔޯ.
ކުޑަ ރަށެއް ބޮޑު ނުބަލައި ތަރައްގީ ގެނަުއމަކީ ސިޠާސަތެއް ނޫންކަމަށް ވިދާޅުވާ ބޭފުޅުންނަށް ރައްދުދެއްވާ ރިޒާ ވިދާޅުވީ އެއީ ސިޔާސަތެއްކަމުގައި ނުބަލައި ރައްޔިތުންނަށް އެމްޑީޕީ އިން ބޭނުންވާފަދަ ތާހިރު ދިރިއުޅުމެއް ހޯދައި ނުދެވޭނެކަމަށެވެ.
ރިޒާ ވިދާޅުވީ ކުޑަ ރަށެއް އަދި ބޮޑު ރަށެއް ނުބަލައި ތަރައްގީ ގެނައުމުގެ ސިޔާސަތުގެ ދަށުން 1350 ގިނަ ޕްރޮޖެކްޓް ރައީސް ސާލިހުގެ މިވެރިކަމުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
ރިޒާ ވިދާޅުވީ ކޮންމެ ޕާޓީއެއް ނަމަވެސް ސިޔާސީ މަސައްކަތްކުރުމަށް ނިކުމެ އުޅެނީ އުއްމީދެއް އޮންނާތީކަމަށެވެ. ތިމާއަށާއި އަދި ތިމާގެ މާހަލައުލަށް ރަނގަޅު ގޮތްވުމަކީ ސިޔާސީ މަސައްކަތް ކުރައްވާ ބޭފުޅުންގެ ދެ ބޭނުންކަމަށް ރިޒާ ވިދާޅުވިއެވެ. އަދި އޭނާ ފާހަގަކުރެއްވީ ރައީސް ސާލިހުގެ ސަރުކާރުން މި ދެބޭނުންވެސް ފުއްދައިދީފިކަމެވެ.
ރައްޔިތުން ވިދާޅުވީ އިބޫ އޯކޭ އޭ، ޝައްކުވެސް ކުރައްވާނެކަމެއް ނެތް އަޅުަގނޑަށް ޔަގީން ދިވެހިރާއްޖޭގެ ރައްޔިތުން އަލުން އަބުރާ 7 ފެބުރުއަރީއަށްފަހު 2018 ގެ އިންތިހާބާއި އެ ދޭތެރޭގައި އެކުރި ހިތްދަތި ތަޖުރިބާ ދެވަނަ ފަހަރަކަށް އެމްޑީޕީ މެންބަރުން، ހަމަ އެންމެ މެންބަރެއްވެސް ނުކުރާނެ
މި މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީ އާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރިޒާ ވިދާޅުވީ 90 އިންސައްތަ އަގުލަބިއްޔަތުން ޕްރައިމަރީ ކާމިޔާބު ކުރައްވާނީ ރައީސް ސާލިހުކަން އޭނާއަށް ޔަގީންކަމަށެވެ. އަދި މިއީ ތަފާތުކުރުމެއްނެތި ރައީސް ސާލިހު ރައްޔިތުންނަށް ގެނެސްދެއްވި ތަރައްގީގެ ނަތީޖާކަންކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ރިޒާ ވިދާޅުވީ 7 ފެބުރުއަރީއަށް ފަހު 2018 ގެ އިންތިހާބާއި ހަމައަށް އެމްޑީޕީގެ މެންބަރުން އެކުރި ހިތްދަތި ތަޖުރިބާ ދެވަނަ ފަހަރަށް ދެން ކުރަން ނުޖެހޭނެކަމަށެވެ.

