ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ”ޝޮކެއް“ ލިބޭ ވަރުގެ ކަންކަން ހިނގާ: ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ދިވެހި ރައްޔިތުން ހައިރާން ކުރުވާ ވަރުގެ ކަންކަން ހިނގަމުންދާކަމަށް މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއަކީ މިހާރު ރާއްޖެއަށް ޖެހިގެން އުޅޭ ކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ދިވެހިރާއްޖޭގައި އެތައް ޒަމާނެއް ކުރިއްސުރެ ރާއްޖޭގައި އަށަގަނެފައިވާ ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ، އެތައް ފަންތިއެއްގެ ބަޔަކު ތިބީ އެ ވިޔަފާރީގައި ބައިވެރިވެކަމަށެވެ. އެގޮތުން ފުލުހުންގެ މުއައްސަސާ އަދި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ތެރޭގައިވެސް މަސްތުވާތަކެތީގެ ވިޔަފާރިން ހިއްސާ ލިބެމުންދާ އެތައް ބަޔަކު ބައިވެރިވާކަމަށާއި، ވިޔަފާރި ކުރިއަށް ގެންދަނީ އެގޮތުގެ މަތިންކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖެއަަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރެވިފައިނުވަނީ އެ ކަމުގެ ސަބަބުންކަމަށެވެ.

ރޮަޒައިނާ ވިދާޅުވީ، މަޖިލީހުން ވުޖޫދު ކުރާ ގާނޫނުތައް ތަންފީޒު ކުރުމުގައި ދަތިތައް ކުރިމަތިވެގެންދާކަމަށެވެ. އޭނާ ވިދާޅުވީ، އެންމެ ބޮޑު ދައްޗެއް ކުރިމަތިވަނީ ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް މަސައްކަތްކުރަމުންދާ މީހުން މަގާމުތަކުގައި ތިއްބެވުމުންކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އިންތިހާބު ކައިރިވެފައިވުމުން އެފަދަ ފާރާތްތައް މަސައްކަތްކުރަމުންދާނީ ސަރުކާރު ފެއިލްވެފައިވާކަމަށް ދެއްކުމަށްކަމަށެވެ. އަދި ކުރަމުންދާ ކަންކަމަށް ހުރަސް އެޅުމަކީވެސް އެފަދަ ފަރާތްތައް ޝައުގުވެރިވާ ކަމެއްކަމަށާއި މަޖިލީހުގެ ތެރެއިންވެސް އެ މަންޒަރުތައް ފެންނަމުންދާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައުޟޫއަށް އެނބުރިވަޑައިގެން ރޮޒައިނާ ވިދާޅުވީ، ސަރުކާރުގެ މައްސަލަތަކުގެ ވާހަކަތައް ދައްކާއިރު، ގާނޫނު ހަދާ މަޖިލީހަށް އެތެރެ ކުރެވޭ ތަކެއްޗާއި ބޭރުކުރެވޭ ތަކެތި ބަލާލުންވެސް މުހިންމުކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އެ މަގާމުން ވަކި ކުރެވުނު ސަބަބުވެސް އެއީ ދެނެގަތުން މުހިންމު މައުލޫމާތެއްކަމަށް ރޮޒައިނާ އިޝާރާތްކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ދިވެހި ރައްޔިތުން މަޖިލީހުގައި ހިނގާކަންކަން ރަނގަޅަށް ބަލާލައިފިނަމަ ”ޝޮކެއް“ ލިބޭ ވަރުގެ ކަންކަން އެ ތަނުގައި ހިނގާކަން ފާހަގަކުރެވޭނެކަމަށެވެ. ރޮޒައިނާ ވިދާޅުވީ، މަޖިލީހުގެ ތެރޭގައި އެފަދަ ކަންކަން ފުޅާ ދާއިރާއެއްގައި ހިނގަމުންދަނީ މި ފަސް އަހަރުގެ ތެރޭގައިކަންވެސް ފާހަގަކުރެއްވޭނެކަމަށެވެ.

މީގެ އިތުރުން ރޮޒައިނާވަނީ މަސްތުވާތަކެތި ކެޓަގަރަައިޒް ކުރުމާއި ދެކޮޅަށް ހުންނެވިކަން ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ހުރިހާ ބާވަތަަކަށްވެސް އޮންނަންޖެހެނީ އެއް އަދަބެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: