ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެސީ އާކުރުމަށް ރައީސް ސާލިހު ގޮވާލައިފި

ރައީސް އިބްރާހިމް މުހައްމަދު ސާލިހު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެސީ އާލާކުރުމަށާއު ރަނގަޅު މުސްތަގުބަލެއް ބިނާ ކުރުމުގެ މަސައްކަތްތައް އާކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގޮވާލައްވައިފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމުކުރެއްވި “ސަމިޓް ފޮރ ޑިމޮކްރަސީ” ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސާލިހުވަނީ އަންނަނިވި ޖީލުތަކަށް މުސްތަގުބަލެއް ހޯދައިދިނުމަށް ބައިނަލްއަގުވާމީ ގޮތުން ގުޅިގެން މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ. މީގެ ކުރިން ބޭއްވުނު ސަމިޓު ބައްދަލުވުމަށްފަހު ރާއްޖއަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށް ރައީސް އިޝާރާތްކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މާލީކަންކަންވެސް ހިމެނޭހެން ދެފުށް ފެންނަގޮތަށް ކަންކަން ކުރުމަކީ ޑިމޮކްރެސީގެ ދަތުރުމަތީ ކޮންމެހެންވެސް ކުރުން މުހިންމު ކަންކަން ކަމަށެވެ.

ރައީސް ސާލިހުވަނީ މި ބައްދަލުވުމުގައި ލޯކަލް ކައުންސިލުތަކުގެ މިނިވަންކަން ކަށަވަރު ކުރުމާއި ސަރުކާރު ހަރުދަނާ ކުރުމަށް ކުރަންޖެހޭ އިތުރު މުހިންމު ކަންކަމާއި ސަރުކާރުންކޮށްފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އަދި މިހާރު ސަރުކާރުގެ މިސްރާބު ހުރީ ޕާފޯމެންސް ބޭސްޑް ބަޖެޓިންގްގެ އުސޫލާއި ދިމާލަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ސަރުކާރުން އިސްކަމެއް ދެއްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ދާއިރާ އާއިމެދު ރައްޔިތުން ދެކެމުންދާ ގޮތަށްވެސް ރަނގަޅު ބަދަލުތަކެއް ގެނެވިފައިވާކަމަށާއި ދެމުންދާ ހިދުމަތްތައްވެސް އިތުރަށް ފުރިހަމަ ކުރެވިފަިއވާކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ޝަރުއީ ގާނޫނުތަކަށް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރައްވަމުންދާކަމަށެވެ.

ހަމައެހެންމެ ޖުޑިޝަރީ އިޞްލާޙުކުރުމަކީ ވެސް ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ޖުޑިޝަރީއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަޞައްވުރު ރަނގަޅުވެ،ކުރިޔަށްވުރެ ހަލުވިކޮށް އަދި ދެފުށް ފެންނަގޮތަށް ކޯޓު މަރުހަލާތައް މިހާރު ކުރިޔަށްދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އިޞްލާޙާއެކު ޑިސްޓްރިކްޓް ކޯޓު އުފެއްދުމާއި ސަރކިޓް ކޯޓުގެ ނިޒާމު ތަޢާރަފު ކުރުމާއި އަދި އެ ޝަރްޢީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާވެ ފަސޭހަވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: