ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫތު މިނިސްޓްރީގެ މިލްކެއްކަމަށް ބުނަނީ ކައުންސިލުގެ ބިމެއް: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ 353 ނަމްބަރު ކޮށީގައި ޔޫތު މިނިސްޓްރީގެ ބިމެއް ހިމެނޭކަމަށް ބުނާ ވާހަކަތައް ސިޓީ ކައުންސިލުން ދޮގުކޮށްފިއެވެ.

ސިޓީ ކައުންސިލުން ޔޫތު މިނިސްޓްރީގެ ބިމެއްގައި ހުރި ގުދަނެއްގެ ތަޅު ހަލާކުކޮށްލައި މުދަލަށް އަރައިގަނެފައިވާކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވުމާއިއެކު އެ ދެ މުއައްސަސާ ދެމެދު ބޮޑު މައްސަލައެއް އުފެދިފައިވާއިރު، މާލެ ސިޓީ ކައުންސިލުން ވަނީ ޔޫތު މިނިސްޓްރީގެ މިލްކުވެރިކަމަށް ބުނާ ބިން އެ މިނިސްޓްރީ އާއި ހަވާލު ކުރެވިފައިނުވާކަމަށް ފާހަގަކޮށް ބަޔާނެއް ނެރެފައެވެ.

ކައުންސިލުން ބުނެފައިވާގޮތުން 353 ނަމްބަރު ކޮށީގައި ހިމެނެނީ މާލެ ސިޓީ ކައުންސިލުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މާލެ ހިޔާ ހިމެނޭ ބިމެވެ. އެހެންކަމުން އެއީ ޔޫތު މިނިސްޓްރީގެ ބިމެއްކަމަށް ބުނެ ބަޔާނެއް ނެރެފައިވަނީ ކަމުގެ ހަގީގަތް އޮޅުވާލުމުގެ މަގުސަދުގައިކަމަށް ބުނެފައިވެއެވެ.

ޔޫތު މިނިސްޓްރީއިންވަނީ އެ ބިމުން ޖާގަ ހޯދުމަށް އެދިފައިކަމަށް އިޝާރާތްކޮށް ކައުންސިލުން ބުނެފައިވާގޮތުން، އެހެންނަމަވެސް އެދުމާއި އެއްގޮތަށް އެއްވެސް މިންވަރަކަށް އެ ކައުންސިލުން ޖާގަ ދޫކޮށްފައިނުވެއެވެ. އަދި އެއްވެސް އިރަކު މިނިސްޓްރީ އާއި ބިން ހަވާލުކޮށްފައިނުވާކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ކައުންސިލުން ބުނެފައިވަނީ އެ ބިމުގެ އެއްވެސް މިންވަރެއް ޔޫތުގެ ނަން މައްޗަށް ރެޖިސްޓްރީ ކުރެވިފައިނުވެއެވެ. އަދި އެ މުއައްސަސާއަށް އެކަމާއި ގުޅުން ހުރި އެއްވެސް ލިޔެކިއުމެއްވެސް ފެންނަން ނެތްކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: