ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ މަގުތަކުގައި ބާވެފައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ފަށައިފި

މާލޭގެ މަގުތަކުގައި ބާވެފައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ފެށުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަގުތަކުގައި ބާވެފައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މިއީ މާލޭގެ މަގުތައް ތަރުތީބު ކުރުމަށްޓަކައި ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަސައްކަތް ސިޓީ ކައުންސިލުން ކުރަނީ ފުލުހުންނާއި އަދި ޓްރާންސްޕޯޓު މިނިސްޓްރީއާއިވެސް ގުޅިގެންނެވެ.

ކައުންސިލްގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި، އެއް އަހަރުވާއިރުވެސް ބޭނުން ނުކުރާ ވެހިކަލްތައް އެބަހުރިއެވެ. އަދި ބައެއް ވެހިކަލްތަކުގައި އިންޖީނުވެސް ނެތްކަމަށް ބުންޏެވެ.

މި ވެހިކަލްތައް ޓޯ ކުރުމަށްފަހު، ނައްތާލުމުގެ މަސައްކަތް ކުރާނެކަމަށް ބުންޏެވެ. މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށް އެ ފެށި ޕްރޮގްރާމް ހުއްޓާ ނުލާ ކުރިއަށް ގެންދާނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް މިއަހަރުގެ ޖުލައި 24 ގައި ސަރުކާރުން ވަނީ ”މާލެ ފަހި“ ޕްރޮގްރާމް ނަމުގައި ޕްރޮގްރާމެއްވެސް ފަށާފައެވެ. މާލެ ފަހި ޕްރޮގްރާމަކީ ގްރޭޓަރ މާލެ ސަރަޙައްދުގެ މަގުމަތީގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ފެށި ޕްރޮގްރާމެކެވެ.

”މާލެ ފަހި“ ޕްރޮގްރާމުގައި ހިމެނޭ ގިނަ ކަންކަމަކީ، ކަމާ ގުޅުންހުރި އިދާރާތައް ހިމެނޭހެން އެކުލަވާލި ”އަރބަން ޓްރ ފިކް ޑީ-ކޮންޖެސްޝަން މެނޭޖްމަންޓް ކޮމިޓީ“ ގެ ލަފަޔާއި މަޝްވަރާ އާއެކު އެކުލަވާލި ޕްލޭނުގައިވާ ޙަރަކާތްތަކެކެވެ.

ޕްރޮގްރާމް ބެހެނީ 3 ބަޔަކަށް

  • ޤާނޫނާއި ގަވާއިދުގެ ތެރެއިން ވެހިކަލް ރަޖިސްޓްރީކުރުމާއި އުޅަނދުގެ ޢަދަދު ކޮންޓްރޯލްކުރުން
  • ޕަބްލިކް ޓްރާންސްޕޯޓްގ ވަޞީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުން
  • މަގުތަކަކީ ދަތުރުފަތުރާއި ހިނގައި ބިނގާވެއުޅެން ރައްކާތެރި އަދި ފަސޭހަ އަމާން ތަންތަނަށްހެދުން

މި ޕްރޮގްރާމްގެ ދަށުން ގަރާޖްނެތި ދައުރު ކުރަމުންދިޔަ ގަރާޖު ސިޓީތަކުގެ ބޭނުން ނުހިފޭނެ ގޮތް ހެދުމާއި، މަގުމައްޗަކީ ގުދަންކުރާ ތަނެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެނައުމާއި، ޑޮމެއިންގެ ޚިދުމަތް އޯޕަން ބިޑިންގ ނިޒާމުގެ ތެރެއަށް ވެއްދުން ހިމެނެއެވެ.

ވެހިކަލް ލިމިޓް ކުރުމާއި ޢުމުރު ކަނޑައެޅުން މި ޕްލޭންގެ ތެރޭގައި ހިމެނޭއިރު، ގަރާޖުގެ ވެރިފަރާތަށް ނޭނގި ވެހިކަލް ރަޖިސްޓްރީކުރުން ނިމުމަކަށް ގެނައުންވެސް ހިމެނެއެވެ. އަދި އާރް.ޓީ.އެލް ބަސްތަކުގެ ސައިޒް ކުޑަކުރުންވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: