ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ވެރިންނަށް ހާރިޖީ ސިޔާސަތާއި ގާނޫނީ ޒިންމާވެސް އޮޅިއްޖެ: ގާސިމްގެ އެޑުވައިޒަރ

ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް/ ފޮޓޯ/ ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެންމެ އިސްކަމެއް ދެއްވަމުންދަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުމަށްކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެފައިވާކަމަށް ފާހަގަކުރައްވާ ކުރީގެ ޔޫތު މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު އިރުތިޝާމް އާދަމް ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބާއި ގުޅުވައި އެމްޑީޕީ އަދި ޖޭޕީ ދެމެދު ބަހުގެ ހަމަލާތައް ރައްދު ކުރެވެމުންދާއިރު، ސަރުކާރުގެ ހާރިޖީ ސިޔާސަތައް އަމާޒުކުރައްވާ އިރުތިޝާމް ވިދާޅުވީ، ރާއްޖޭގެ ވެރިންނަށްވަނީ ހާރިޖީ ސިޔާސަތާއި ގާނޫނީ ގޮތުން އެޅިފައިވާ ޒިންމާތައް އޮޅިވަޑައިގެންފައިކަމަށެވެ.

އޭނާ ވިދާޅުވީ، ނައިބު ރައީސް ދާދި ފަހުން ބަންގްލަދޭޝްއަށް ޒިޔާރަތްކުރެއްވިކަމަށެވެ. އަދި އެ ދަތުރުފުޅުގައި ރައީސް ސާލިހު ގެންގުޅުއްވާ ހާރިޖީ ސިޔާސަތުގެ މައްޗަށް ފައިސަލް ވާހަކަދެއްކެވިކަމަށް އިރުތިޝާމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ހާރިޖީ ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއް ދެއްވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރެއްވުމަށްކަމަށް ފައިސަލް ފާހަގަކުރެއްވިކަމަށެވެ.

ނައިބު ރައީސް ފައިސަލްގެ ވާހަކަތަކާއިމެދު ނުރުހުން ފާޅުކުރައްވާ އިރުތިޝާމް ވިދާޅުވީ، ރައީސް އަދި ނައިބު ރައީސް އަކީ ގާނޫނޫ އަސާސީގެ ދަށުން ޒިންމާތަކެއް އަދާކުރެއްވުމަށް ހުވާ ކުރައްވައިގެން ތިއްބެވި ބޭފުޅުންތަކެއްކަމަށެވެ. އޭނާ ވިދާޅުވީ، ކޮނޑު އަޅުއްވައިގެން ތިއްބެވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކޮށް ދިވެހި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދެއްވުމުގެ މަސްއޫލިއްޔަތުކަމަށެވެ.

އޭނާ ވަނީ ރައީސް އަދި ނައިބު ރައީސްގެ ޒިންމާތައް ހަނދުމައިން ކައްސާލައިފައިވާކަމާއިމެދު ސުވާލު އުފައްދަވާފައެވެ. އަދި ރާއްޖެއިން އިސްކެމެއް ދޭންޖެހެނީ ރާއްޖޭގެ ސިޔާދަތު ރައްކައުތެރިކުރުމަށް ނޫންތޯވެސް އިރުތިޝާމް ސުވާލު އުފެއްދެވިއެވެ.

ރައީސް އަދި ނައިބު ރައީސް ފައިސަލް ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ނުރައްކަލެއްގެ ތެރެއަށް ހުށައަޅާފައިވާކަމަށް ސިފަކުރައްވާ، އެކަމުގެ ބަދަލުގައި އިންޑިއާ ކަނޑުގެ ސުލްހަމަސަލަސްކަން ދަމަހައްޓަން މަސައްކަތްކުރުމުގެ މުހިންމުކަމާއިމެދުވެސް ސުވާލު ކުރައްވާފައެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަތަކާއި އެއްބަސްވެވަޑައިނުގަންނަވާކަން ހިއްސާ ކުރައްވާ ކުރެއްވި ޓްވީޓެއްގައި އިރުތިޝާމްވަނީ ރާއްޖެ މިއަދު އޮތީ މިނިވަންކަންމަތީ ކަމާއިމެދުވެސް ޝައްކުތަކެއް ހުންނެވިކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް ސާލިހަށް ރައްޔިތުންގެ ވޯޓު ހައްގުވާ ގޮތާއިމެދުވެސް އޭނާވަނީ ސުވާލު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: