ޑިމޮކްރަސީގެ ހެޔޮލަފާ ބަފައެއް ކަމަށް ހެދިގެން އުޅުނު ބޭފުޅަކު މިއަދު ވަރުގަދަ ނުލަފާ ދޮންބަފައަަކަށް ވެގެން މުޅި ގައުމު ހަރާބުކުރަމުންދާ މަންޒަރު މިއަދު ފެނިގެންދާ ކަމަށް ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މެމްބަރުންނަށް ނާޖައިޒު ވަގުތު ދީގެން އެބޭފުޅުން ލައްވާ ހަދަމުންދާ ދޮގުތަކާއި ދައްކާ މަކަރުވެރި ވާހަކަތައް ވަރަށް ސާފުކޮށް ދިވެހި ރައްޔިތުންނަށް މިއަދު އެނގޭ ކަމަށެވެ
ރާޝިދު ވަނީ ރައްޔިތުން ދިވެހިގައުމުގައި ދިރިއުޅެން ފެށީ އަދި ވޯޓެއް ލައިގެން ވެރިއަކު ހޮވީ 2018 ފަހުން ތޯ ވިދާޅުވެފައެވެ
2018 ފަހުންތޯ ރައްޔިތުންގެ މަޖިލިސް އުފެދުނީ؟ 2018 ގެ ފަހުންތޯ ވެރިއަކު ދިވެހި ދައުލަތަށް އައްޔަން ކޮށްގެން ދިވެހި ރައްޔިތުންނަށް ރުފިޔާ ލިބެންފެށީ؟ 2018 ކުރިން މިއޮތް ހުރިހާ ދުވަހު ދިވެހި ގައުމުގައި ރައްޔިތުން ނޫޅުއްވަނީތޯ؟
މިއަދު ރާއްޖޭގައި ރައްޔިތުންނަށް ބޭނުންވާ އެތައް މަޝްރޫއެއް ހިންގަމުންދާތީ، ވެރިކަމަށް ފެންބޮވައިގަނެގެން އުޅޭ ބައެއް ބޭފުޅުންނަަށް ހަޖަމު ނުވެގެން ރައީސުލްޖުމްހޫރިއްޔާ އާއި ދިމާލަށް ހިތުހުރި އެއްޗެއް ކިޔަމުންދާ ކަމަށް ރާޝިދު ވިދާޅުވިއެވެ.
މަޖިލީހުގައި ތިބެގެން ވެރިކަމުގެ ދަހިވެތިކަމުގައި ކިތަންމެ ވަރަކަށް އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް ދިވެހި ރައްޔިތުންނަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ވަރަށް ރީތިކޮށް ހަމަލޮލަށް ފެނިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ
ގައުމު ހަރާބުކުރަން ފުރުސަތު ނުދޭނެ ކަމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށް 2018 ވަނަ އަހަރު އިންތިހާބު ކުރި ރައީސުލް ޖުމްހޫރިއްޔާ އަށް ދެވަނަ ފުރުސަތެއް ދިވެހި ރައްޔިތުން ދޭނެ ކަމަށާއި އެކަން ވަރަށް ސާފުކޮށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށް ރާޝިދު ވިދާޅުވިއެވެ. އެހެންކަމުން ދިވެހި ރައްޔިތުންނަށް އޮޅުވާލައި މަކަރުހަދައިގެން ފާޑުފާޑުގެ ވާހަކަ ނުދެއްކުމަށް ރާޝިދު ގޮވާލެއްވިއެވެ.
ހަމައެކަނި ބޭނުންވެގެން އުޅެނީ ވެރިކަން ކަމަށާޢި ވެރިކަން ނޫން އެހެން އެއްޗެއް ބޭނުންވެގެން އުޅޭ ބޭފުޅަކު ރައްޔިތުންނަށް އޮޅުވާލައި ވާހަކަތައް ނުދައްކާނެ ކަމަށް ވެސް ރާޝިދު ވިދާޅުވިއެވެ.
މުޅި ރާއްޖެ އެކުއެކީ ތަރައްގީ ކުރަންޖެހުމަކީ 5 އަހަރު ތެރޭގައި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ރާޝިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅަކު ވެރިކަމާ ހިފާއިރު، ފުރަތަމަ ދައްކަން ޖެހޭނީ އެބޭފުޅުން ރައްޔިތުންނަށް ކޮށްދިން ކަންތައްތަކެއްގެ ވާހަކަ ކަމަށެވެ. ދައްކަން ޖެހޭނީ މިއަދު ހުރި ރައީސުލްޖުމްހޫރިއްޔާ އާއި އެބޭފުޅާ އަށް ނުކުރެވޭ ކަންތައްތަކުގެ ވާހަަކަ ނޫން ކަމަށްވެސް ރާޝިދު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ދައްކަންވި ވާހަކަ އަކީ ކުރީގައި ރައީސް ކަން ކުރެއްވި ބޭފުޅުން އާރާއި ބާރުގައި ތިއްބެވި އިރު ކޮށްދިން ކަންތައްތަކުގެ ވާހަކަ ކަމަށް ރާޝިދު ވިދާޅުވިއެވެ.
ވެރިކަން ބޭނުން ވުމަކީ ކޮންމެފަދަ ދޮގު ބަހަނާ ވާޙަކަތަކެއް ދައްކައިގެންވެސް ރައްޔިތުންނަށް އޮޅުވާލުމަށް ކުރެވިދާނެ ކަމެއްކަމަށް ހިތަށް އަރާ ކަމަށް ރާޝިދު ވިދާޅުވިއެވެ. ނަމަވެސް މިއަދު ރައްޔިތުނަށް އޮޅުވައި ނުލެވޭނެ ކަމަށާއި ރައްޔިތުންގެ ލޯކުރިމަތީގައި އަސާސީ ހިދުމަތްތައް މިއަދު ދަނީ ގާއިމްކުރެވެމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުން ތިބީ ވަރަށް ލޯބިން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި އެކުގައި ކަމަށާއި އިންތިހާބު އެއްބުރުން ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށް ރާޝިދު ވިދާލުވިއެވެ.


One Response
ދިވެހިރާއްޖެއަށް 2008 ގައި އައީ ޑިމޮކްރަސީއެއްނަުން. ޑިމޮކްރަސީ އެއްގައި ދުނިޔޭގެ އެހެނިހެން ޤައުމުތަކުން ފެންނަ މަންޒަރެއްނޫން އިންތިޚާބުގެ މެދުތެރެއިން އެކިޕާޓީތަކުން އިންތިޚާބަށް ކުރިމަތިލާ ބޭކަލުން ވާދަކުރަނީ މައި ދެޕާޓީއެއްގައި ކޯލިޝަންވެ ތިބޭ ޕާޓީއެއްތެރޭން ބަލަނީ ތާއިދު ލިބޭމީހަކު ބަލައި އެލިބޭ މީހާއަށް ދޫކޮށްގެން. ދެން ވާދަކުރަނީ މައިދެޕާޓީ ތެރެއިން ތާއިދު ލިބޭ ދެކެންޑިޑޭޓުން. ޢެގޮތުން ވާދަކޮށް މޮޅުވާ ކެންޑިޑޭޓަކު ވެރިކަމަށް އަންނަނީ. ޢައުމަށްފަހު ޤައުމު ހިންގުމުގައި އެކަތިގަޑެއްގެ ސިފައިގަ މަސައްކަތްކުރަނީ ޤާނޫނީ އިމުގެތެރެއިން. ޢެއާ ޚިލާފަށް މިތަނުގައި މިއޮންނަނީ ވޯޓްއެއްބުރައްލައި ނިމުމަށްފަހު މައިދެޕާޓިން ވިންކުރާ ޕާޓީއާއިއެކު ކުދި ކުފޫހަމަނުވާ ޕާޓީއެކުވަނީ ދައިލަތުގެ މުދާތެރެއިން ބައިތަކެއްހޯދައި ކެބިނެޓްގެ ބައިކުޅަބައި ގޮނޑިހުރުން ލާޒިމްކޮށް މިކަހަލަ ފަލްސަފާއެއް މިއޮތީ. ދެންކިހިނެއްތޯ ރަގަޅުވާނީ؟ ޢަނީމާގެ މުދާ ބެހިގޮތް ކަމުނުގޮސް ބޮޑާހާކާތަން ދެން ފެންނަނީ. މިހެންދާނެ އެއްއަހަރު. މިކަންޔަކަށް ބަދަލެއް ގެންނަންވީ ޤާނޫނަކުން ކަނޑައަޅައިގެން. ދައުލަތް ހުސްވެ ހަރުމުދާ މިލްކްކޮށް ޓެކްސް ފްރީކޮށް މިކަހަލަގޮތެއް މިހިނގަމުންދަނީ. ކޮބައިތޯ ރައްޔިތުންނަށް ކުރިފައިދާއެއް؟